ފަތިސް ނަމާދަށް ފަހު ނާޖިލާގެ ހަށިގަނޑު ވަޅުލައިފި

ފަތިސް ނަމާދަށް ފަހު ނާޖިލާގެ ހަށިގަނޑު ވަޅުލައިފި

Author
މުޙައްމަދު ޝަޒައިމް
23 މާރޗް 2022 08:08
0

ކ. ގާފަރު ގެސްޓްހައުސްއެއްގެ ތެރޭ މަރުވެފައި އޮއްވާ ފެނުނު އއ. ބޮޑުފުޅަދޫ ފަރުދާބަގީޗާގެ އައިމިނަތު ނާޖިލާ ލުތުފީގެ ޖަނާޒާ ރޭ ފަތިސްނަމާދަށް ފަހު ބާއްވައިފިއެވެ.

ނާޖިލާ މަރުވެފައި އޮއްވާ ފެނިފައިވަނީ އޯލްޑްޓައުން ނަމަކަށް ކިޔާ ގެސްޓް ހައުސްއެއްގެ ފާހަނާ ތެރެއިންނެވެ. އެރަށުން މައުލޫމާތު ދިން މީހަކު ބުނީ، ނާޖިލާގެ ހަށިގަނޑުގައި އެކި ޒަހަމްތައް ހުރި ކަމަށެވެ.

ނާޖިލާ އެ ރަަށަށް ގޮސް އުޅުމުގެ ތެރޭގައި ދަންވަރު އެކަނި ބޭރުގައި އުޅުމާއި އެ ގަޑީގައި މޫދަށް އެރި އުޅުނު ކަމަށްވެސް ބައެއް މީހުން ބުނެއެވެ. އެ ނޫންވެސް ޝައްކު ކުރެވޭ ފަދަ ކަންތައްތަކެެެއް އޭނާގެ ކިބައިން ފެނިފައިވެެއެވެ.

ނާޖިލާގެ މަރާއި ގުޅިގެން ބަލަން ޖެހޭކަންކަން ފުލުހުން ބަލަމުން އަންނައިރު، އަދި އިތުރު މައުލޫމާތެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.