17 ކިލޯ ޑްރަގު ގެނައީ އިންޑިއާމަގުން، އަގު 13 މިލިޔަނަށް

17 ކިލޯ ޑްރަގު ގެނައީ އިންޑިއާމަގުން، އަގު 13 މިލިޔަނަށް

Author
މުޙައްމަދު ޝަޒައިމް
21 މާރޗް 2022 09:37
0

ރޭ ފުލުހުން ހިންގި އޮޮޕަރޭޝަންގައި އަތުލަައިގަތް 17 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށްފައިވަނީ އިންޑިއާ މަގުން ކަމަށް ކަސްޓަމުން ބުނެފިއެވެ.

ކަސްޓަމްސްއިން ބުނެފައިވަނީ އިންޑިއާގެ ޓްރިވެންޑްރަމުން ރާއްޖެ އައިސްފައިވާ އެއާރކާގޯ ޝިޕްމަންޓެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، މިމަހުގެ 20 ވަނަ ދުވަހު ކަސްޓަމްސް އިން ވަނީ މިޝިޕްމަންޓް އިތުރަށް ބަލާފާސްކޮށްފައިވާކަމަށެވެ.

ކަސްޓްމަސްއިން ބުނެފައިވަނީ މިގޮތުން ބަލާފާސްކުރެވުނު ޝިޕްމަންޓް ކަސްޓަމްސްއަށް ޑިކްލެއަރ ކޮށްފައިވަނީ "އޯގަނިކް ފާރޓިލައިޒަރ" ގެ ގޮތުގައި ކަމަށެވެ. އަދި މިޝިޕްމަންޓުގައި ހުރި "އޯގަނިކް ފާރޓިލައިޒަރ" ޕެކެޓްތަކުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ވަނީ ފެނިފައިކަމަށެވެ.

ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން މިތަކެތި ތަހުލީލުކުރުމުން، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް (ހަޝިޝް އޮއިލް) އަށް ވަނީ ޕޮޒިޓިވްވެފައެވެ. މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 17 ކިލޯ ހުރި އިރު، މިތަކެތީގެ މަގުމަތީ އަގު 13،600،000.00 (13 މިލިއަން ހަލައްކަ) ރުފިޔާއަށް އަރާކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

މިމައްސަލައިގައި ކަސްޓަމްސްއިން ހޯދާފައިވާ 17 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ޕޮލިސް ސަރވިސް އާ ހަވާލުކުރުމުން، އެސަރވިސް އިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 4 މީހެއް ވަނީ އެސަރވިސްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުނުން ބުނެފައިވަނީ މިމައްސަލާގައި ހައްޔަރު ކޮށްފައިވަނީ ބަންގްލަދޭޝް 2 މީހަކާއި ދިވެހި 2 މީހެއް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.