ދަރިންނޭ ކިޔައިގެން ދޮގު ޚަބަރު ފަތުރާތީ ފިރިމީހާ ވަރަށް ދެރަވޭ: ސަނީ

ދަރިންނޭ ކިޔައިގެން ދޮގު ޚަބަރު ފަތުރާތީ ފިރިމީހާ ވަރަށް ދެރަވޭ: ސަނީ

Author
ފާތިމަތު ނާވީ
22 މާރޗް 2022 10:01
0

ހަގީގީ ދިރިއުޅުމުގައި ފިރިމީހާ ޑެނިއަލް ވެބާ އަކީ ވަރަށް މަޑުމައިތިރި މިޒާޖެއްގެ މީހެއް ކަމަށާއި، އެމީހުންގެ ދަރިންނޭ ކިޔައިގެން ދޮގު ޚަބަރު ފަތުރާތީ ވަރަށް ދެރަވެގެން އުޅޭކަމަށް ބޮލީވުޑް ބަތަލާ ސަނީ ލިއޯން ބުނެފިއެވެ.

އޭނާ ބުނެފައިވާ ގޮތުގައި އެހެން މައިންބަފައިންނެކޭ އެއްގޮތަށް އެދެމަފިރިންގެ ކުދިންނޭ ކިޔައިގެން ރޯ ބުހުތާނު ދޮގު ފަތުރާތީ ހިތަހަމަ ނުޖެހޭ ކަމަށެވެ.

ސަނީ ލިއޯން ދަރިން ބެލުމާއި ގުޅޭގޮތުން ފާޑުކިޔުންތަށް އަންނަން ފެށީ 2017 ވަނަ އަހަރު އެމީހުން ކުއްޖަކު އެޑޮޕްޓް ކުރި ފަހުން ސަރޮގެސީ މެދުވެރިކޮށް 2 ކުދިން ލިބުމުންނެވެ.

2017 ވަނަ އަހަރު ސަނީގެ ދެމަފިރިން ވަނީ ނިޝާ ކިޔާ ކުއްޖަކު އެޑޮޕްޓް ކޮށްފައެވެ. އެގެ ފަހުން 2018 ވަނަ އަހަރު ސަނީ ވަނީ ސަރޮގަސީ މެދުވެރިކޮށް އެމީހުންނަށް އެއްމާބަނޑު ދެ ފިރިހެން ކުދިން ލިބުނުކަން ހާމަކޮށްފައެވެ.

ފަހަކަށް އައިސް ވަނީ ކުދިންގެ މެދުގައި ތަފާތު ކުރުން ގެންގުޅޭ ކަމަށާއި ނިޝާ އަކީ އެޑޮޕްޓް ކޮށްފައިވާ ކުއްޖެއް ކަމުން އޭނާ ދެކެ އެމީހުން ލޯބި ނުވާކަމަށް ބުނެ ތުހުމަތުގެ އިނގިލި ދިއްކޮށްފައެވެ.

މި ފަދަ ތުހުމަތު ތަކަށް އަބަދުވެސް ސަނީ އަންނަނީ ރައްދު ދެމުންނެވެ. އަދި އެމީހުންނަކީ މައިން ބަފައިން ކަމަށާއި ހުރިހާ ކުދިން ދެކެވެސް ލޯބިވާކަމަށް ވަނީ ބުނެފައެވެ. އަދި ނިޝާއަކީ އެމީހުންގެ ޕްރިންސެސް ކަމަށާއި، ޑެނިއަލް އަކީ ކުދިންގެ ކަންކަމުގައި ވަރަށް ސެންސިޓިވް މީހެއް ކަމަށް ވެސް ސަނީ ވަނީ ބުނެފައެވެ.

ސަނީ ފިލްމީ ދާއިރާއަށް ނުކުތީ ރިއަލިޓީ ޝޯ، "ބިގްބޮސް" އިން 2011 ވަނަ އަހަރުއެވެ. އޭގެ ފަހުން ބޮލީވުޑްގައި މަސައްކަތްކުރަމުން އަންނައިރު އޭނާ އަންނަނީ ގިނަ ބައެއްގެ ލޯބި ހޯދަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.