ގަދަ ހަތަރެއްގެ ރޭހުގައި ޓޮޓެންހަމުން މުހިންމު މޮޅެއް ހޯދައިފި

ގަދަ ހަތަރެއްގެ ރޭހުގައި ޓޮޓެންހަމުން މުހިންމު މޮޅެއް ހޯދައިފި

Author
ޔޫސުފް
21 މާރޗް 2022 02:29
0

އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގައި ހިމެނުމަށް ވާދަކުރަމުން އަންނަ ޓޮޓެންހަމުން މުހިންމު މޮޅެއް ހޯދައިފިއެވެ.

ޓޮޓެންހަމްގެ ދަނޑުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑްގެ މައްޗަށް ޓޮޓެންހަމުން ކުރިހޯދީ 1-3 ގެ ނަތީޖާއަކުންނެވެ.

މި ނަތީޖާއާއެކު ލީގުގައި މިހާތަނަށް ކުޅުނު 29 މެޗުން ހޯދި 51 ޕޮއިންޓާއެކު ޓޮޓެންހަމް ވަނީ ލީގުގެ ފަސް ވަނައަށް ކުރިޔަށް ޖެހިލާފައެވެ. އަދި ފަސް ވަނައިގައި ކުރިން އޮތް ޔުނައިޓެޑް ވަނީ ހަ ވަނަ އަށް ވެއްޓިފައެވެ. ޓޮޓެންހަމް އަތުން ބަލިވި ވެސްޓް ހޭމް އޮތީ 30 މެޗުން ލިބުނު 48 ޕޮއިންޓާއެކު ހަތް ވަނައިގައެވެ. ލީގުގެ ހަތަރު ވަނައިގައި 28 މެޗުން ހޯދި 54 ޕޮއިންޓާއެކު އޮތީ އާސެނަލްއެވެ.

ޓޮޓެންހަމް އާއި ވެސްޓް ހޭމް ޔުނައިޓެޑް ބައްދަލުކުރި މެޗުގެ 9 ވަނަ މިނެޓުގައި ވެސްޓް ހޭމްގެ ޒޫމާ އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެ ޓޮޓެންހަމަށް ލީޑު ލިބިފައެވެ. އަދި 24 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ސޮން ހުއެން-މިން ވަނީ ޓޮޓެންހަމްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ވެސްޓް ހޭމް ޔުނައިޓެޑުން ވަނީ ލަނޑެއް ޖަހާ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު މެޗުގެ 35 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ބެންރަހްމާއެވެ. މި މެޗުން ޓޮޓެންހަމަށް 3 ޕޮއިންޓް ޔަގީންކޮށްދިން ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 2 މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިން ސޮންއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ދެން އެންމެ އަވަހަށް މެޗުތައް ކުޅޭނީ އަންނަ އޭޕްރިލް މަހުގެ 2 ވަނަ ދުވަހުއެވެ. އެދުވަހު 7 މެޗު ކުޅުމަށް ވަނީ ޝެޑިއުލްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.