ޝާހުރުކް ޚާން އޯޓީޓީ ދުނިޔެއަށް

ޝާހުރުކް ޚާން އޯޓީޓީ ދުނިޔެއަށް

Author
ފާތިމަތު ނާވީ
21 މާރޗް 2022 03:54
0

ބޮލީވުޑްގެ ކިންގް ޚާންގެ ގޮތުގައި މަޝްހޫރު ވެފައިވާ ޝާހްރުކް ޚާން މީގެ ތިން މަހެއްހާ ދުވަސް ކުރިން ވަނީ އޭނާވެސް އޯޓީޓީގެ ދުނިއެއަށް ވަންނަށް އުޅޭކަން ހާމަކޮށްފައެވެ.

ކޯވިޑްގެ ސަބަބުން ސިނަމާތައް ބަންދު ކުރުމާއި އެކުގައި ގިނަ ތަރިން ވަނީ އޯޓީޓީ ނުވަތަ އޮންލައިން ޕްލެޓް ފޯމް ތަކަށް މިސްރާބު ޖަހާފައެވެ.

ޑިޒްނީ ޕްލަސް ހޮޓްސްޓާ އިޝްތިހާރެއްގައި އޭނާގެ މެނޭޖަރާއެކު އޯޓީޓީއަށް ތައާރަފްވުމާ ގުޅޭގޮތުން ވާހަކަ ދައްކާތަން ފެންނަ ވީޑިއޯ އެއް އޭރު ވަނީ އާންމުވެފައެވެ.

މިދިޔަ ހަފްތާގައި ދުވަހު ޝާހްރުކް ވަނި އެ ވާހަކަތަށް ހަގީގަތަށް ވާން އުޅޭކަން އިއުލާން ކޮށްފައެވެ. އޯޓީޓީ ޕްލެޓްފޯމަށް އޭނާ ތައާރަފު ވަނީ "އެސްއާރްކޭ ޕްލަސް" ކިޔާ އެއްޗަކުންނެވެ. ނަމަވެސް މިއީ ޑިޒްނީ ޕްލަސް ހޮޓްސްޓާއަށް ގެންނަ ޝޯއެއް ކަމެއް ނޫންނަމަ ޝާހްރުކްގެ އަމިއްލަ އޯޓީޓީ ޕްލެޓްފޯމެއް ކަމެއް ޔަގީގެއް ނުވެއެވެ.

 

View this post on Instagram

 

A post shared by Shah Rukh Khan (@iamsrk)

ޝާހުރުކްގެ  ޕޯސްޓަށް ބޮލީވުޑްގެ ގިނަ ބަޔަކު ވަނީ ކޮމެންޓްކޮށް މަރުހަބާ ކިޔާފައެވެ.

ޝާހު މިވަގުތު ހުރީ "ޕަތާން"ގެ ޝޫޓިންގ ގައި ސްޕެއިންގައެވެ. މި ފިލްމް އަކީ 2018 ވަނަ އަހަރުގެ ފްލޮޕް ފިލްމް "ޒީރޯ" އަށް ފަހު އޭނާ އަލުން އެނބުރި ބޮޑުސްކްރީނަށް އަންނަ ފިލްމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.