ޑިއުޓީ ޓޭބަލަށް އެރި އޮޅުމަކުން އިސްލާމީ މަރުކަޒުގައި ރޭ ފަތިސް ނަމާދު ބަންގި ނުގޮވާ!

ޑިއުޓީ ޓޭބަލަށް އެރި އޮޅުމަކުން އިސްލާމީ މަރުކަޒުގައި ރޭ ފަތިސް ނަމާދު ބަންގި ނުގޮވާ!

Author
މުޙައްމަދު ޖިމީ
20 މާރޗް 2022 03:03
0

އިސްލާމީ މަރުކަޒުގެ އިމާމު ޗުއްޓީ ނެގުމާއި ގުޅިގެން ޑިއުޓީ ޓޭބަލަށް އެރި އޮޅުމަކާއި ގުޅިގެން ރޭ އިސްލާމީ މަރުކަޒުގައި ފަތިސް ނަމާދު ބަންގި ނުގޮވައެވެ.

އިސްލާމީ މަރުކަޒުގެ އިމާމު ޗުއްޓީ ނެގުމާއި ގުޅިގެން، ޑިއުޓީއަށް އެރި އޮޅުމަކުން ފަތިސްނަމާދު ބަންގޮ ގޮވާ ގަޑި ޖެހުނުއިރުވެސް އެއްވެސް އިމާމަކު މިސްކިތަށް އައިސްފައިނުވާކަމަށް ރޭ ފަތިސް ނަމާދަށް އިސްލާމީ މަރުކަޒަށް ދިޔަ މީހަކު ކިޔައިދިނެވެ.

ފަތިސް ނަމާދު ބަންގި ގޮވާ ގަޑި 04:58 ހިނގުމުން އެހެން މިސްކިތްތަކުގައި ބަންގި ގޮވަން ފެށިއިރުވެސް އެއްވެސް މީހަކު ބަންގި ގޮވަން އައިސްފައިނުވާކަމަށް އެމީހާ ބުންޏެވެ. އެހެންކަމުން ރޭ އިސްލާމީ މަރުކަޒުގައި ފަތިސް ނަމާދުގެ ބަންގި ނުގޮވައެވެ. ނަމަވެސް ޢާންމުންގެ މީހަކު ވަނީ އިމާމުގެ ނަމާދުކޮށްފައެވެ.

މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ އެންމެ ބޮޑު މިސްކިތް، އިސްލާމީ މަރުކަޒުގައި މިފަދަ ކަމެއް ހިނގި ފުރަތަމަ ފަހަރެވެ.

މިކަމާއި ގުޅޭގޮތުން އިސްލާމީ މިނިސްޓްރީން ވަކި އެއްޗެއް ނުބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ނ ނަޖީ
ތިޔަކީ ޓޭބަލަ އައި އޮޅުމެއްކަމަކަށް ނުވާނެ މިސްކިތްތަކުގާ ބަންގިނުގޮވީމާ ދިވެހިން ހޫނުވޭތޯ ބަލަން ކުރިޓެސްޓަކައް ވާނީ ހަމަގަސްދުގަ ބަންގިނުގޮވީ އެކަހަލަ ކިތަށްކަބް މިކުރަމުންދަނީ މަކަރާހީލަތުން ތިބެގެބް
އ އިއްބެ
މިއީއިންސާނުންޤަބޫލުކުރާޒާތުގެވާހަކައެއްނޫނެވެ މީގެ3އަހަރުކުރިންފެށިގެން އިސްލާމިކު މިނިސްޓްރީގެފަރުވާކުޑަކުރަމުންދާކަންފާހަގަކުރެވެއެވެ ބަންގިއަކީއިސްލާމްދީނުގެތަނބުގެފެށުންކަމަށްވާއިރު މިކަމަށްފަރުވާކުޑަކުރާބައަކު ދެންނުކުރާނީކޮންކަމެއްތޯއެވެ
މ މުންޖިޗޭ
އެވަރުކަމެއް ވެދާނެ، ބަންގިގޮވާމިހާ ނިދިން ހޭނުލެވިގެން ވަގުތަށް ނުދެވިއްޖިއްޔާވެސް ޑިއުޓީ ޓޭބަލް އޮންނާނީ ފުށުއަރާފަ.