ސެލެޑަކީ ތައްޔާރު ކޮށްލަން އެންމެ ފަސޭހަ އެއްބާވަތެވެ. ކެއުމުގެ ރަހަތައް ހެޔޮވަރު ކޮށްލަން ސެލެޑް މުހިންމު ދައުރެއް އަދާ ކުރެއެވެ.

ބޭނުންވާނެ ތަކެތި:
- 1 ޖޯޑު ކިއުކަމްބާރ ( ހަތަރެސް ކަނަށް ކޮށާލާފައި )
- 1 ޖޯޑު ކެބެޖް ( ހަތަރެސް ކަނަށް ކޮށާލާފައި )
- 1 ޖޯޑު ކެރެޓް ( ގާނާފައި )
- 1/2 ޖޯޑު ފެހި އާފަލު ( ހަތަރެސް ކަނަށް ކޮށާލާފައި )
- 1/2 ޖޯޑު އޮރެންޖު ( ހަތަރެސް ކަނަށް ކޮށާލާފައި )
- 1/2 ޖޯޑު މަޔޮނައިސް
- 1 ސައި ސަމުސާ އަސޭމިރުސް
- ރަހަ ލާ ވަރަށް ލޮނު
- 2 ސައި ސަމުސާ ހަކުރު
ތައްޔާރު ކުރާނެ ގޮތް:
ތަށްޓަކަށް މަޔޮނައިސް، އަސޭމިރުސް، ލޮނު އަދި ހަކުރު އަޅާފައި އެއްކޮށްލުމަށްފަހު ބާކީ ހުރި ހުރިހާ އެއްޗެއް އެއްކޮށްލާނީއެވެ.
ކޮމެންޓު ފޮނުވާ