ރެސިޕީ: ޕާން ބޯކިބާ

ރެސިޕީ: ޕާން ބޯކިބާ

Author
ފާތިމަތު ނާވީ
04 އޭޕްރިލް 2022 08:59
0

ރެސިޕީ: ޕާން ބޯކިބާ

ޕާން ބޯކިބަލަކީ ތަފާތު ގޮތްގޮތަށް ތައްޔާރު ކުރާ ބާވަތެކެވެ. އެގޮތުން މި ބަލާލަނީ ވަރަށް ތަފާތު ގޮތަކަށް ޕާންބޯކިބަލެއް އަޅާލެވިދާނެ ގޮތެކެވެ. މިއީ ރޯދަމަހު ސުފުރާ ފަޅުފިލުވާލުމުގެ ގޮތުން އަޖުމަ ބަލާލަން ރަނގަޅު ބާވަތެކެވެ.

ބޭނުން ވާނެ ތަކެތި:
1 ޕާން (ކުޑަ)
1 ދަޅު ގެރިކިރު
5 ބިސް
200 ގްރާމް ބަޓަރު
1 ސައިސަމުސާ ވެނީލާ އެސެންސު

ތައްޔާރު ކުރާނެ ގޮތް:

ޓްރޭއެއްގައި ބަޓަރުކޮޅެއް އުނގުޅާލުމަށްފަހު ވަކިން ބައިންދާށެވެ.
އެއަށް ފަހު ގެރިކިރާއި ބިސް އަދި އެސެންސުކޮޅު އެހެން ތައްޓެއްގައި ރަނގަޅަށް މިކްސް ކޮށްލާށެވެ. އެއީ ބޯކިބާގެ ސިރަޕުގަނޑެވެ.
އެއަށްފަހު ޕާނުގެ ކައިރި ތުނިކޮށް ނެގުމަށްފަހު، ޕާނުގެ ދެ ފަރާތުގައި ރަނގަޅަށް ބަޓަރު އުނގުޅާލާށެވެ.
ބަޓަރު އުނގުޅާލި ޕާނުން ޓްރޭގައި ލޭއާއެއް އަޅާލާށެވެ. އެއަށް ފަހު ސިރަޕް އަޅާލުމަށްފަހު ރަނގަޅަށް ޕާން ފޯކޮށްލާށެވެ. ހަމަ މިގޮތަށް ލޭއާ ކުރަމުން ގެންދާށެވެ. އެއަށް ފަހު ޕްރީހީޓް ކޮށްފައިވާ އަވަނަށް ބޯކިބާ ލުމަށްފަހު ރަނގަޅަށް ފިހެލާނީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.