އާސެނަލް ބަލިކޮށް ލިވަޕޫލުުން މުހިންމު 3 ޕޮއިންޓް ހޯދައިފި

އާސެނަލް ބަލިކޮށް ލިވަޕޫލުުން މުހިންމު 3 ޕޮއިންޓް ހޯދައިފި

Author
ޔޫސުފް
17 މާރޗް 2022 04:13
0

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް ބަލިކޮށް ލިވަޕޫލުން ލީގުގެ އެއްވަނަ އަށް އެރުމަށް މުހިންމު 3 ޕޮއިންޓް ހޯދައިފިއެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

މި ނަތީޖާއާއެކު ލިވަޕޫލުން ވަނީ ލީގުގެ އެއްވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އާއި ދެމެދު އޮތް ފަރަގު 1 ޕޮއިންޓަށް ކުޑަކޮށްފައެވެ. އެގޮތުން ސިޓީ އެއްވަނައިގައި އޮތީ 29 މެޗުން 70 ޕޮއިންޓް ހޯދައިގެންނެވެ. ލިވަޕޫލް ދެވަނައިގައި އޮތީ 29 މެޗުން ހޯދި 69 ޕޮއިންޓާއެކުއެވެ. މި މެޗުން ބަލިވި އާސެނަލް ހަތަރު ވަނައިގައި އޮތީ 27 މެޗުން ލިބުނު 51 ޕޮއިންޓާއެކުއެވެ.

އާސެނަލް އާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއް ޓީމަކަށްވެސް ލަނޑެއް ކާމިޔާބުކުރެވޭ ގޮތް ވަނީ ނުވެފައެވެ. ނަމަވެސް ދެ ޓީމުންވެސް ވަނީ ލަނޑު ޖަހާނެ ފުރުޞަތުތައް ތަނަވަސްކޮށްފައެވެ.

މި މެޗުގައި ލިވަޕޫލުން ލީޑު ނެގީ ދެވަނަ ހާފް ފަށައިގެން 54 ވަނަ މިނެޓުގައި ޑިއެގޯ ޖޮޓާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި 62 ވަނަ މިނެޓުގައި ރޮބާޓޯ ފިރިމީނޯ ވަނީ ލިވަޕޫލްގެ ދެވަނަ ލަނޑު ޖަހާ އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ.

ޕްރިމިއާ ލީގުގައި މިރޭ ބްރައިޓަން އާއި ޓޮޓެންހަމް ބައްދަލުކުރި މެޗު 0-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޓޮޓެންހަމްއެވެ.

މި މެޗުގައި ޓޮޓެންހަމްގެ ފުރަތަމަ ލަނޑު 37 ވަނަ މިނެޓުގައި ކްރިސްޓިއަން ރޮމޭރޯ ކާމިޔާބުކޮށްދިންއިރު، ދެވަނަ ލަނޑު 57 ވަނަ މިނެޓުގައި ކާމިިޔާބުކޮށްދިނީ، ހެރީ ކޭންއެވެ.

މި މެޗުން މޮޅުވެގެން ހޯދި 3 ޕޮއިންޓާއެކު ޓޮޓެންހަމް އޮތީ 28 މެޗު ކުޅެގެން ހޯދި 48 ޕޮއިންޓާއެކު ލީގު ތާވަލްގެ ހަތް ވަނައިގައެވެ. ބްރައިޓަން އޮތީ 29 މެޗުން ލިބުނު 33 ޕޮއިންޓާއެކު 13 ވަނައިގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.