އެމްޑަބްލިއުއެސްސީއަކީ މިއަދު، ރާއްޖޭގެ ތަަރައްގީގެ އިތުބާރު ކުރެވޭ ވަރުގަދަ ތަނބަކަށް ވެއްޖެ: ސައުދު

އެމްޑަބްލިއުއެސްސީއަކީ މިއަދު، ރާއްޖޭގެ ތަަރައްގީގެ އިތުބާރު ކުރެވޭ ވަރުގަދަ ތަނބަކަށް ވެއްޖެ: ސައުދު

Author
ހުސެއިން
16 މާރޗް 2022 02:13
0

ސަރުކާރުގެ ފެން ކުންފުނި އެމްޑަބުލިއުއެސްސީ އަކީ ރައްޖޭގެ މިއަދުގެ ތަރައްގީގެ ވަރުގަދަ ތަނބެއްކަމުގައި ޓްރޭޑް ޔޫނިއަންގެ ނައިބް ރައީސް އަދި ކުރީގެ ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް ކުންފުނީގެ ބޯޑުގެ ޗެއަރމަން ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.

މި ސަރުކަރުން ކުރިޔަށް ގެންދާ ގައުމީ ތަރައްގީއާއި ގުޅުންހުރި މަސައްކަތްތަކުގެ ތެރެއިން އެމްޑަބްލިއުއެސްސީއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް ގެންދާ މަޝްރޫޢުތަކުގެ އަދަދު މިހާރު 180 އަށް އަރާކަން ހާމަ ކުރައްވަމުން ސައުދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އެމްޑަބުލިއުއެސްސީގެ މިހާރުގެ އެމްޑީ ހަސަން ޝާހުއަކީ ހިންގުންތެރި ގާބިލް އެމްޑިއެއް ކަމުގައެވެ. އަދި ސައުދު ވިދާޅުވެފައިވަނީ ކުންފުނިތައް ނަގާ ކޮޅަށް ޖެހޭނީ ހިންގުންތެރި އެމްޑީން ކުންފުނިތަކުގެ މާލިމީ ކަމާއި ހަވާލުވެެގެން ކަމުގައެވެ.

ދައުލަތުގެ ފެން ކުންފުނި އެމްޑަބްލިއުއެސްސީއަކީ ސާފު ބޯފެން އާންމު ރައްޔިތުންނަށް ފޯރުކޮސްދިނުމުގެ މަގުސަދުގައި ސަރުކާރުން އުފައްދާގައިވާ ކުންފުންޏަކަށް ވިނަމަވެސް، އެ ކުންފުނިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީ ގިނަ ޕްރޮޖެކްޓަކެއް ކުރިޔަށް ގެންދަމުންނެވެ. މީގެތެރޭގައި، ރާއްޖޭގެ ހުރިހާ ރަށަކީ ސާފު ބޯފެން ލިބޭނެ ރަށްރަށްކަމުގައި ހެދުމުމަށް ރައީސް ސާލިހު ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން ކުރިޔަށްދާ މުހިންމު މަޝްރޫއުތައްވެސް ހިމެނެއެވެ. އަދި ހަމައެއާއެކު، އެމްޑަބްލިއުއެސްއީން ކުރިޔަށް ގެންދާ މަޝްރޫއުތަކުގެ ތެރޭގައި ނަރުދަމާގެ މަޝްރޫއުތައްވެސް ހިމެނޭކަން ފާހަގަ ކޮށްލެވެއެވެ.

ހިގަމުންދާ ރިޔާސީ ދައުރު ނިމުމުގެ ކުރިން، ރާއްޖޭގެ ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށް ދިނުމަކީ ރައީސް ސާލިހުގެ ރިޔާސީ ވައުދެކެވެ. މި ގޮތުން ރައީސް ސާލިހުގެ މިވައުދު ފުއްދުމުގެ އެންމެ ބޮޑު މަސްއޫލިއްޔަތެއް އަދާކުރަމުންދާ، ދައުލަތުގެ އެންމެ މުހިންމު އެއް ކުންފުޏަކީ ފެންކުންފުންޏެވެ.

އެމްޑަބުލިއުއެސްސީއަކީ، ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން، ދައުލަތަށް ފައިދާވާގޮތަށް ކާމިޔާބު ކަމާއެކީ ހިންގަމުންދާ މަދު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެއްކަން ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.