ރައީސް ޔާމީން ހައްޔަރު ކުރުމަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ރައީސް ޔާމީން ހައްޔަރު ކުރުމަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

Author
މުޙައްމަދު ޝަޒައިމް
16 މާރޗް 2022 11:21
0

ކުރީގެ ރައީސް ޔާމީން ހައްޔަރު ކުރުމަށް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅި ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރެެވެ. މިއީ ޖާބިރު މިހަފްތާގައި ހުށަހެޅި 2 ވަނަ ކުއްލި މައްސަލައެވެ. އޭނާ ވަނީ މިހަފްތާގައި މަޖިލީހަށް މައްސަލައެއްވެސް ހުށަހަޅާފައެވެ. ނަމަވެސް މިއިން އެއްވެސް މައްސަލައެއް މަޖިލީހުގައި ބަހުސް ކުރުމަށް ފާސްވެފައި ނުވެއެވެ.

ކުއްލި މައްސަލަ އަށް ބަހުސް ކުރަން ފެނޭތޯ ނެގި ވޯޓުގައި 27 މެމްބަރުން ވޯޓު ދެއްވީ ބަހުސް ކުރަން ނުފެންނަ ކަމަށެވެ. އަދި ހަތަރު މެމްބަރަކު ވޯޓު ދެއްވާފައި ވަނީ ބަހުސް ކުރަން ފެންނަ ކަމަށެވެ.

މިމައްސަލާގައި ބުނެފައިވަނީ ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޢިބްރާހިމް މުޙައްމަދު ޞާލިހް ރާއްޖެއަށް މިގެނެސް ދެމުންދާ ތަރައްޤީއާއި ތަމަށްދުންގެ ބާރު ދުވެއްޔަކީ ދުވަހަކުވެސް ރާއްޖެއިން ފެނިފައި ނުވާ ފަދަ ލާމަސީލު މިޝާލެއް ކަމަށެވެ. ނަމަވެސް ނާތަހުޒީބު ޤައުމު ތަކުގައި ޢަމަލު ކުރަމުންދާ ޑްރަގް ޑީލަރުން ފަދައިން ރަޢީސް ޔާމީން ކޮށްފައިވާ ވައްކަން ތަކާއި ޖަރީމާތަށް، ފޮރުވުމަށްޓަކައި" އިންޑިއާ އައުޓް" ގެ ނަމުގައި ރާއްޖޭގައި ހިންގަމުންދާ ހަރަކާތަކީ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އަޚު ވަންތަކަން ގެއްލުވާލާ، އަވަށްޓެރި ޤައުމު ތަކުން ރާއްޖެއަށް ވެދެއްވަމުންދާ މި އެހީ ތެރި ކަމާއި ޚުގާލުމަށް މަސަތްކަތް ކޮށް ރާއްޖޭގެ ތަރައްޤީއަށް ހުރަސް އެޅޭ ކަމެއްކަމަށެވެ.

ޤާނޫނާއި ޤަވާއިދުގެ ތެރެއިން ދިވެހިރާއްޖޭގެ އަސްކަރިއްޔާ މެދުވެރިކޮށް މިހިނދުން މިހިނދަށް ރައީސް ޔާމީން ހައްޔަރުކޮށް ބަންދުކުރުމަށް، ޖާބިރުގެ ގަރާރުގައި ވަނީ ގޮވާލާފައެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިންޑިއާ އައުޓް ނުވަތަ "އިންޑިއާ މިލިޓަރީ އައުޓް" ނަމުގައި އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ ހަރަކާތް ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. ޔާމީން އިސްވެ ހުންނަވައި މި ހަރަކާތް ހިންގެވުމަށް ވަރަށް ގިނަ ރަށްރަށަށް ވަނީ ވަޑައިގެންފައެވެ. މިހަފްތާގެ ހޮނިހިރު ދުވަހު އިންޑިއާ އައުޓް ހަރަކާތް ނައިފަރުގައި ބާއްވާއިރު، މިމަހުގެ 25 ވަނަ ދުވަހު މާލޭގައި ބޮޑު ހަރަކާތެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.