ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް އެތުލެޓިކޯ މެޑްރިޑް އަދި ބެންފިކާ ދަތުރުކޮށްފިއެވެ.
މުބާރާތުގެ ގަދަ 16 ގެ ދެ ވަނަ ލެގުގައި މިރޭ އެތުލެޓިކޯ މެޑްރިޑުން ވަނީ މެންޗެސްޓަރ ޔުނައިޓެޑް 0-1 އިން ބަލިކޮށް 1-2 ގެ އެގްރިގޭޓް ނަތީޖާއިން ކުރި ހޯދާ ކުއާޓާ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފައެވެ. އަދި ބެންފިކާ މި މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރީ އަޔެކްސްގެ މައްޗަށް ދެ ވަނަ ލެގުގައި 0-1 އިން ކުރިހޯދާ، 2-3 ގެ އެގްރިގޭޓް ނަތީޖާއިން ކުރިހޯދައިގެން ކުއާޓާއަށް ދަތުރުކޮށްފައެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި އެތުލެޓިކޯ މެޑްރިޑާ މެންޗެސްޓަރ ޔުނައިޓެޑް އެތުލެޓިކޯގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ނިމުނީ 1-1 ގެ ނަތިޖާއަކުން އެއްވަރުވެގެންނެވެ. އަދި ދެ ވަނަ ލެގުގައި މިރޭ ވަނީ 0-1 އިން ޔުނައިޓެޑް ބަލިކޮށް 1-2 ގެ އެގްރިގޭޓް ނަތީޖާއިން ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައެވެ. މި މެޗުގައި އެތުލެޓިކޯ އިން ޖެހި ހަމައެކަނި ލަނޑު ފުރަތަމަ ހާފް ނިމެން 4 މިނެޓަށް ވެފައިވަނިކޮށް ރެނަން ލޮޑީއެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16 ބެންފިކާ އާއި އަޔެކްސް ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އަދި ގަދަ 16 ގެ ދެވަނަ ލެގުގައި އަޔެކްސްގެ ދަނޑުގައި 0-1 އިން އަޔެކްސްގެ މައްޗަށް ކުރިހޯދާ ޖުމްލަ 2-3 ގެ އެގްރިގޭޓް ނަތީޖާއިން ބެންފިކާއިން ވަނީ ކުރިހޯދައިގެން ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. މިރޭގެ މެޗުގައި ބެންފިކާއިން ޖެހި ހަމައެކަނި ލަނޑު ދެވަނަ ހާފްގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ނޫނޭޒްއެވެ.
ކޮމެންޓު ފޮނުވާ