12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ފިލްމީތަރި ޞަބާހު!

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ފިލްމީތަރި ޞަބާހު!

Author
މުޙައްމަދު ޖިމީ
15 މާރޗް 2022 05:14
0

ކަނޑުމަތީގައި ފުލުހުން ހިނގި އޮޕަރޭޝަނެއްގައި 12 ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި މީހުންގެ ތެރޭގައި ފިލްމީ ތަރި އަދި ލަވިޔުންތެރިޔާ ޙުސައިން ޞަބާހު ހިމެނޭކަން ކަށަވަރުވެއްޖެއެވެ.

މިކަން ޚަބަރު އޮންލައިންނަށް ވަނީ ކަށަވަރުވެފައެވެ. ނަމަވެސް ޞަބާހު ހައްޔަރުކުރިކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނެފައިވަނީ ހައްޔަރުކޮށްފައިވަނީ އިންޑިއާ މީހެއްކަމަށެވެ. ނަމަވެސް އެ މަސްތުވާތަކެތި މާލެ ގެނައުމުގައި ޞަބާހުގެ ލޯންޗު ބޭނުންކުރިކަން ވަނީ އެނގިފައެވެ. އެހެންކަމުން ފުލުހުން ވަނީ އެ ލޯންޗުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެ އިތުރުން އިންޑާމީހާއާއި ޞަބާހުގެ އިތުރުން އިތުރު ބައެއްވެސް ހިމެނޭކަން ވަނީ އެނގިފައެވެ.

މި މައްސަލާގައި ފުލުހުން ހަމައެކަނި ބުނެފައިވަނީ، އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަނޑުމަތިން މަސްތުވާތަކެއްޗާއެކު އުމުރުން 37 އަހަރުގެ އިންޑިއާ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނި ގޮތުގައި ހައްޔަރުކުރި މީހާ އަކީ މީގެ ކުރިން ވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ ފަހަރެއްގެ މަތިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެކެވެ. އެކަމަކު އޭނާ ދޫވީ ކިހިނެއް ކަމެއް ފުލުހުން ނުބުނެއެވެ.

ފުލުހުން އެ މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކެރޯން
ކާރުވެސް ލޯޗުވެސް ދުއްވަނީ ކުއްޔަށް! ކުއްޔަށް ދުއްވިއަސް ކުއްޔަށް ދޭއެތިގަޑުން ކުރަނީ ކޮންކަހަލަ ކަމެއްތޯ ސާފުކުރަންޖެހޭ، އެއީ ވެރިފަރާތުގެ ޒިއްމާއެއް އިގޭތޯ ބޯދަމާނުގަނެވޭނެ!
ޚ ޚާމިޔާ
ކާރުވެސް ލޯންޗް ވެސް ދުއްވަނީ ކުއްޔަށް. ޥެރިފަރަތުން ޒިންމާ ވާކަށް ނުޖެހޭ ޑްރަގް ފެނިގެން
ޝ ޝޭޒް
ހައްޔަރުކޮށްފަ އަލުން ފޮނޫވާލާ ޑްރަގުވިއްކަން