ބަޖެޓް މިމަހުގެ 26 ވަނަ ދުވަހު މަޖިލީހުން ފާސްކުރަނީ

ބަޖެޓް މިމަހުގެ 26 ވަނަ ދުވަހު މަޖިލީހުން ފާސްކުރަނީ

Author
މުޙައްމަދު ޝަޒައިމް
09 ނޮވެމްބަރ 2020 11:22
0

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް މިމަހުގެ 26 ވަނަ ދުވަހު މަޖިލީހުން ފާސްކުރުމަށް އަމާޒު ހިފައިފިއެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓްގެ ގޮތުގައި 34,787,720,151 (ތިރީސް ހަތަރު ބިލިއަން ހަތް ސަތޭކަ އައްޑިހަ ހަތް މިލިއަން ހަތް ސަތޭކަ ވިހި ހާސް އެއް ސަތޭކަ ފަންސާސް އެއް ރުފިޔާ)ގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް މިއަދު ވަޒީރު ވަނީ ހުށަހަޅުއްވާފައެވެ.

ބަޖެޓް ހުށަހެޅުއްވުމަށްފަހު މެމްބަރުންނާއި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިއަދު ބަޖެޓް ދިރާސަކުރުމަށް ބަޖެޓް ކޮމިޓީއަށް ފޮނުވާނެކަމަށެވެ. ބަޖެޓް ދިރާސާކުރަނީ ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއާއި، މާލިއްޔަތު ކޮމިޓީ އެކުވެގެން އެކުލަވާލާފައިވާ ކޮމިޓީއިންނެވެ.

މަޖިލިސް ރައީސް ވިދާޅުވީ ބަޖެޓެގެ ބަހުސް މިމަހުގެ 16 ވަނަ ދުވަހު ފައްޓަވާނެކަމަށެވެ. ބަޖެޓް ބަހުސްއަށް ޖުމްލަ 21 ގަޑިއިރު ހޭދަވާއިރު ބަހުސްކުރުމަށް ތާވަލް ކޮށްފައިވަނީ މިމަހުގެ 16 އަދި 17 ވަނަ ދުވަހަށެވެ. ބަޖެޓަށް ބަހުސް ކުރުމަށް މެމްބަރުންނަށް ދޭ ވަގުތު ކަނޑައަޅާނީ މަޖިލީހުގެ އާންމު ކޮމެޓީންނެވެ. އާންމުކޮށް ބަޖެޓަށް ބަހުސް ކުރުމަށް 15 މިނިޓް ދެއެވެ.

16 ،17 ،18 ގައި ބަޖެޓް ބަހުސް ކުރާނެ. ބައެއް ރޭރޭ މެންދަމާއި ހަމަޔަށްވެސް ދާނެ، އެކަމަކު އަޅުގަނޑު އުންމީދުކުރަނީ ފަތިސް ވުމުގެ ކުރިން ބަހުސްގެ ކަންކަން ނިމުން.

– މަޖިލިސް ރައީސް މުހައްމަދު ނަޝީދު

މަޖިލިސް ރައީސް ވިދާޅުވީ ބަހުސް މަރުހަލާއަށްފަހު ބަޖެޓް ކޮމިޓީން އެކުލަވަލާ ރިޕޯޓް މިމަހުގެ 21 ވަނަ ދުވަހު ލިބޭނެކަމަށެވެ. އަދި 22 ވަނަ ދުވަހު ބަޖެޓަށް އިސްލާހު ހުށަހެޅުމަށް ފުރުސަތުދީ އިސްލާހުތަކާއިކު ކުރެވޭ 10 ވަރަކަށް ގަޑި އިރުގެ ބަހުސް ނިންމައި މަމަހުގެ 26 ވަނަ ދުވަހު ބަޖެޓް ފާސްކުރުމަކީ އަމާޒެއްކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.