ކޯވިޑްގެ ގިނަ ފިޔަވަޅުތަކަށް މިރޭ ލުއިދެނީ

ކޯވިޑްގެ ގިނަ ފިޔަވަޅުތަކަށް މިރޭ ލުއިދެނީ

ކޯވިޑް-19ގައި ރާއްޖެއިން އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް މިރޭ ލުއި ދިނުމަށް ނިންމައިފިއެވެ.

ކޯވިޑްގެ ފިޔަވަޅުތަކަށް ލުއިދޭން ނިންމާފައިވަނީ ރާއްޖެއާއި، ދުނިޔޭގައިވެސް ކޯވިޑްގެ ހާލަތު ރަނގަޅުވަމުންދާ ދަނޑިވަޅެއްގައެވެ. މިރޭ 20:00 ގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމާއި މުޚާތަބު ކުރައްވަންވެސް ނިންމަވާފައެވެ. ރައީސްގެ ޚިތާބުގައި ކޯވިޑާއި ގުޅިގެން ދޭން ނިންމާފައިވާ ލުއިތައް ހާމަކޮށް ދެއްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިތާބަށްފަހު މިރޭ 21:00ގައި އެޗްޕީއޭއިންވެސް ނޫސްވެރިންނާއި ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ. ބޮޑަށް ބެލެވޭ ގޮތުން ރާއްޖޭގައި އިއުލާންކޮށްފައިވާ ޞިއްޚީ ކުއްލި ނުރައްކަލުގެ ހާލަތާއި، އަދި މިނޫންވެސް ގިނަ ފިޔަވަޅު ތަކަކަށް މިރޭ ލުއި ދޭނެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ޢާއްމުކޮށްފައިވާ އެންމެފަހު ތަފާސް ހިސާބު ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ކޯވިޑް ބައްޔަށް ޕޮޒިޓިވްވި 204 މީހުންގެ ތެރެއިން ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ އަތޮޅުތަކުންނެވެ. އެއީ 171 މީހުންނެވެ. އަދި މާލެއިން ޕޮޒިޓިވްވި 14 މީހަކާއި ރިސޯޓުތަކުން 14 މީހަކު ޕޮޒިޓިވްވެފައިވެއެވެ. މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ ޢަދަދު ވަނީ 174،367 އަށް އަރާފައެވެ.

ފަހަކަށް އައިސް ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށްވަމުން ދިއުމާއެކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ޢަދަދުވެސް އަންނަނީ ދަށްވަމުންނެވެ. މިވަގުތު ބަލީގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި 12،520 މީހަކު މީހަކު ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަނީ އެންމެ 4 މީހަކަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *