ތ.ދިޔަމިގިލީގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.
ފުލުހުން ބުނީ، ދިޔަމިގިލީގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާކަމުގެ ރިޕޯޓް މިއަދު ހެނދުނުކޮށްފައިވާކަމަށެވެ. ހަމަލާދީ ޒަޚާމްކޮށްލާފައިވަނި ދިވެހި ފިރިހެނަކަށްކަމަށާއި، އޭނާއަށް އެރަށު ސިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަކަމަށެވެ. ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
މި މައްސަލައާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށްވެސް ފުލުހުން ބުންޏެވެ.
ކޮމެންޓު ފޮނުވާ