ކުރީގެ ދެލޯބި ވެރިން ކަމުގައިވާ ޝަތުރުގަން ސިންހާ އާއި ރީނާ ރޯއީ 40 އަހަރަށް ފަހު ދިމާވެއްޖެއެވެ.
މި ދެތަރިންނަކީ އެމީހުންގެ ފިލްމީ ކެރިއަރުގެ ރަންޒަމާނުގައި ލޯބީގެ ގޮތުން ގުޅިގެން އުޅުން ދެތަރިންނެވެ. މި ގުޅުން ނިމުމަކަށް އައީ ޝަތުރުގަން ޕޫނަމްއާ ކައިވެނި ކުރުމަށް ނިންމި ހިސާބުންނެވެ.
މި ދެމިހުން 40 އަހަރު ފަހުން ބައްދަލު ވެފައިވަނީ ޕާޓީ އަކުންނެވެ. މިއީ ލަންޑަންގައި ދިރިއުޅެމުން އަންނަ ކުރީގެ ބަތަލާ މުމްތާޒް އެނބުރި މުމްބާއީއަށް އައިސް މިދިއަ ހަފްތާ ބަންދުގައި ބޭއްވި ޕާޓީއެކެވެ.
މި ޕާޓީ އަށް ޝަތުރުގަން ގޮސްފައިވަނީ އަންހެނުން ޕޫނަމްއާ އެކުގައެވެ. ރީނާ އާއި ޝަތުރުގަން ދިމާވި ނަމަވެސް ދެމީީހުންގެ މެދުގައި އެއްވެސް ވާހަކައެއް ދެކެވިފައި ނުވާ ކަަމަށް ޚަބަރުތައް ބުނެއެވެ. ދެމީހުން ވެސް އެކަކު އަނެއްކަކަށް ހިނިތުން ވުމެއް ދިން ކަމަށާއި އިތުރު ކަމެއް ނުވާކަމަށް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.