ބްރައިޓަން އަތުން ލިވަޕޫލް އަށް މޮޅެއް، ސިޓީ އަށް ޕްރެޝަރު

ބްރައިޓަން އަތުން ލިވަޕޫލް އަށް މޮޅެއް، ސިޓީ އަށް ޕްރެޝަރު

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބްރައިޓަން އަތުން ލިވަޕޫލް މޮޅުވެގެން ހޯދި 3 ޕޮއިންޓާއެކު އެއްވަނައިގައި އޮތް ސިޓީ އަށް ޕްރެޝަރު ބޮޑުކޮށްފިއެވެ.

ބްރައިޓަންގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

ބްރައިޓަން އަތުން މޮޅުވެގެން ހޯދި 3 ޕޮއިންޓާއެކު ލިވަޕޫލް މިހާރު އޮތީ 28 މެޗު ކުޅެގެން ހޯދި 66 ޕޮއިންޓާއެކު ދެ ވަނައިގައެވެ. އެއް ވަނައިގައި ސިޓީ އޮތީ 28 މެޗުން ލިބުނު 69 ޕޮއިންޓާއެކުއެވެ.

ލިވަޕޫލް އާއި ބްރައިޓަން ބައްދަލުކުރި މެޗުގައި ލިވަޕޫލްގެ ފުރަތަމަ ލަނޑު މެޗުގެ 19 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ލުއިޒް ޑިއާޒްއެވެ. މިއީ މިދިޔަ ޖެނުއަރީ މަހު ޕޯޓޯ އިން ލިވަޕޫލަށް ބަދަލުވެ ޑިއާޒް ލިވަޕޫލަށް ކާމިޔާބުކޮށްދިން ދެ ވަނަ ލަނޑެވެ. ލިވަޕޫލުން ލީޑު ފުޅާކުރީ ދެވަނަ ހާފުގައި އެޓީމަށް ލިބުނު ޕެނަލްޓީ އަކުން މުހައްމަދު ސަލާހް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ޕެނަލްޓީ އަކީ ލިވަޕޫލްގެ ނަބީ ކެއިޓާ ޖެހި ބޯޅައެއް ބްރައިޓަންގެ ކުޅުންތެރިއަކު އަތުން ބްލޮކްކުރުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.

މި މެޗުގެ އިތުރުން ޕްރިމިއާ ލީގުގައި މިރޭ ބްރެންޓްފޯޑުން ވަނީ 0-2 ގެ ނަތީޖާއަކުން ބާންލީ ބަލިކޮށްފައެވެ. މި މެޗުގައި ބްރެންޓްފޯޑުން ޖެހި ދެ ލަނޑުވެސް ޖަހާފައިވަނީ ދެވަނަ ހާފުގައެވެ. އެގޮތުން އެޓީމުގެ ފުރަތަމަ ލަނޑު 85 ވަނަ މިނެޓުގައި އިވަން ޓޮނޭ ކާމިޔާބުކޮށްދިންއިރު، ދެވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީވެސް ޓޮނޭއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *