ބިދޭސީއަކު ޒަޚަމްކޮށްލި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

ބިދޭސީއަކު ޒަޚަމްކޮށްލި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
12 މާރޗް 2022 08:46
0

މިރޭ މާލޭގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ މިރޭ އިރާކޮޅު ވަގުތެއްގައި ބިދޭސީ މީހާއަށް ހަމަލާދީފައި ވަނީ ކުރިކީލަ މަގާއި ޗާންދަނީ މަގާއި ގުޅުނު ހިސާބުގައިކަމަށެވެ. އަނިޔާ ލިބުނު މީހާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ.

މިކަން ހިނގާފައިވާ ސަބަބެއް އަދި ސާފު ނުވިނަމަވެސް މިހާރުވެސް ފުލުހުން ދަނީ އެސަރަހައްދުގެ މަގު ބަންދުކޮށް މަގުތަކުގައި ހަރަކާތްތެރިވަމުންނެވެ.

މި މައްސަަލައާ ގުޅިގެން ފުލުހުން ވަނީ 37 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ. މިމައްސަަ ފުލުހުން ދަނީ ތަހުގީގް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.