ޓްރައިނިން ހަދަމުންދިޔަ ސިފައިންގެ 2 މީހެއް ހާލުދެރަވެ، މާލެ ގެނެސް ފަރުވާދެނީ

ޓްރައިނިން ހަދަމުންދިޔަ ސިފައިންގެ 2 މީހެއް ހާލުދެރަވެ، މާލެ ގެނެސް ފަރުވާދެނީ

Author
މުޙައްމަދު ޝަޒައިމް
11 މާރޗް 2022 09:47
0

ޓްރައިނިން ހަދަމުންދިޔަ ސިފައިންގެ 2 މީހެއް ހާލުދެރަވެ، މާލެ ގެނެސް ފަރުވާދޭން ފަށައިފިއެވެ.

އެމްއެންޑީއެފް މީޑިއާ އޮފިޝަލް ވިދާޅުވީ މާފުށީގައި ޓްރައިނިން ހަދަމުންދިޔަ 2 ސިފައިންގެ މީހެއްހެ ހާލު ދެރަވެގެން މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށެވެ. މިހާދިސާގައި ފަރުވާ ދެމުންދާ ދެމީހުންގެ ހާލަތެއް އެމްއެންޑީއެފުން އަދި ހާމައެއް ނުކުރެވެ.

ސިފައިންގެ ޓްރޭނިން ހަދަމުން ދަނިކޮށް މިމަހުގެ 7 ވަނަ ދުވަހު ވަނީ މީހަކު ނިޔާވެސް ވެފައެވެ.

ތަމްރީން ހަމަދަމުންދިޔަ ސިފައިންގެ މީހަކު ނިޔާވެއްޖެ

ނިޔާވެފައިވަނީ ގދ. ގައްދޫ އަށް ނިސްބަތްވާ ޕްރައިވެޓް މުހައްމަދު ރާފިލް ރަބީލް އެވެ. ރާފިލް މާފިލާފުއްޓަށް ދިޔަ ފަހުން ނޭވާލުމަށް އުނދަގޫވެގެން އަވަސް ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް ބޭނުންވާ ކަން ފާހަގަކުރެވިގެން ޅ. ނައިފަރު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.