ތަމްރީން ހަދަމުންދިޔަ ސިފައިންގެ މީހަކު ނިޔާ ވެއްޖެއެވެ.
އެމްއެންޑިއެފްއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، އިއްޔެ މާފިލާފުއްޓަށް ޓްރޭނިންގ ހަދަންދިޔަ ގދ.ގައްދޫ، ޕްރައިވެޓް މުޙައްމަދު ރާފިލް ރަބީލް ނޭވާލުމަށް އުނދަގޫވެގެން ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް ޅ. ނައިފަރު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނިކޮށް އޭނާ ހޮސްޕިޓަލުގައި ނިޔާވެފައި ވާކަމުގައެވެ.
އިއްޔެ މާފިލާފުއްޓަށް ޓްރޭނިންގ ހަދަންދިޔަ ގދ.ގައްދޫ، ޕްރައިވެޓް މުޙައްމަދު ރާފިލް ރަބީލް ނޭވާލުމަށް އުނދަގޫވެގެން ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް ޅ.ނައިފަރު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނިކޮށް އޭނާ ވަނީ ހޮސްޕިޓަލުގައި ނިޔާވެފައެވެ. pic.twitter.com/7E69ngjMiV
— Maldives National Defence Force (@MNDF_Official) March 7, 2022
މައުލުމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ އުމުރުން 20 އަހަރުގެ ޒުވާނެކެ.
ކޮމެންޓު ފޮނުވާ