ޓެކްސީ ދަތުރުތައް ނުފަށާ މިއަދުވެސް އިހްތިޖާޖުކުރަނީ

ޓެކްސީ ދަތުރުތައް ނުފަށާ މިއަދުވެސް އިހްތިޖާޖުކުރަނީ

Author
މުޙައްމަދު ޖިމީ
11 މާރޗް 2022 11:58
0

މިއަދުވެސް މާލެ ސަރަހައްދުގައި ޓެކްސީ ދަތުރުތައް ނުފަށާއި އިހްތިޖާޖުކުރުމަށް ތެކްސީ ޑްރައިވަރުން ނިންމައިފިއެވެ.ޓެކްސީ ޑްރައިވަރުން އިއްޔެވެސް ވަނީ ދަތުރުތައް ހުއްޓާލާ އިހްތިޖާޖުކޮށްފައެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ބަދަލާއި، ތަކެތީގެ އަގަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ޓެކްސީ ސެންޓަރުތަކުން އެދުނު ކަންކަމަށް ދީފައިވާ މުހުލަތު ހަމަވިއިރުވެސް، އިޖާބަ ނުދިމުން ޓެކްސީ ސެންޓަރުތަކުން އިއްޔެ ވަނީ އިހްތިޖާޖަށް ނުކުމެފައެވެ.

ޓެކްސީ ޑްރައިވަރުންގެ ޑިމާންޑްތަކަށް އެއްވެސް ޖަވާބެއް ކަމާބެހޭ ފަރާތްތަކުން ނުދިމުން ޓެކްސީ ތަކުން ވަނީ ދަތުރުތައް ހުއްޓާލައި މުޒާހަރާއަށް ނިކުމެފައެވެ. ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުން އިއްޔެގެ މުޒާހަރާގައި ބައިވެރިވެފައިވާއިރު، މިފަހަރުގެ މުޒާހަރާއަކީ ހައްލެއް ނުލިބެނީސް ނިންމާލާނެ މުޒާހަރާއެއް ނޫންކަމަށް ޑްރައިވަރުން ދަނީ ބުނަމުންނެވެ.

ޓެކްސީ ޑްރައިވަރުން މުޒާހަރާއަށް ނުކުމެފައިވާ ދަނޑިވަޅެއްގައި ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ، ޓެކްސީ ޑްރައިވަރުންގެ ފަރާތުން ހުށަހެޅި މައްސަލަތަކަށް ހައްލެއް ހޯދުމަށް ސްޓޭކް ހޯލްޑަރުންނާއި މަޝްވަރާ ކުރުމަށް ފަހު މިނިސްޓްރީން ގޮތެއް ނިންމާނެ ކަމަށެވެ.

މިހާތަނަށް ޖަވާބެއް ނުދީ، ކުއްލިއަކަށް ޑްރައިވަރުން ދަތުރުތައް ހުއްޓާލައި، މުޒާހަރާއަށް ނިކުތުމުން މައްސަލަ ހައްލު ކުރާނެކަމަށް ވިދާޅުވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއްކަމަށް މުޒާހަރާގެ ބައިވެރިން ވަނީ ބުނެފައެވެ.

ހުރިހާ ޓެކްސީ ސެންޓަރެއްގެ އާންމު ދަތުރުތައް ހުއްޓާލިޔަސް ކޮންމެ ސެންޓަރަކަށް ވެސް ދެ ޓެކްސީ ދުއްވުމުގެ ހުއްދަ ވަނީ ދީފައެވެ. އޭނާ ބުނީ އެއީ ހަމައެކަނި އިމަޖެންސީ ހާލަތްތަކުގައި ދުއްވާ ގޮތަށް އޮތް ޓެކްސީތަކެއް ކަމަށާއި އެ ޓެކްސީތަކުން ފައިސާ ނުނަގާނެ ކަމަށެވެ.

ޓެކްސީ ސެންޓަރުތަކާއި، ޑްރައިވަރުން މުޒާހަރާ ކުރަމުންދާއިރު ޓްރާސްޕޯޓް މިނިސްޓްރީން މިހަފްތާގައި ބުނެފައިވަނީ ޓްރާސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގަށްވުރެ އިތުރަށް އަގު ނަގާނަމަ އެ ޓެކްސީއަކާއި މެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން އާއްމުކޮށްފައިވާ ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ބަލާއިރު، މިހާރު މާލެއާއި ހުޅުމާލެއާ ދެމެދު ޓެކްސީ ދަތުރު ކުރެވޭނީ 75 ރުފިޔާއަށެވެ. އަދި މާލެއާއި-ހުޅުލެއާއި އަދި ހުޅުލެއާއި-ހުޅުމާލެއާ ދެމެދު ކުރާ ޓެކްސީ ދަތުރަކަށް އެންމެ ގިނަވެގެން ނެގޭނީ 60 ރުފިޔާއެވެ. އަދި ޑިކީއަށް އަރުވާ ދާގީނާ ހިމެނޭހެން، މާލެ އަދި ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކަށް އެންމެ ބޮޑުކޮށް ނެގޭނީ 25 ރުފިޔާއެވެ. ނަމަވެސް ރޭގަނޑު 12އާއި ފަތިހު 6އަކާއި ދެމެދު ކުރާ ދަތުރުތަކުން އިތުރު 5 ރުފިޔާ ނެގޭނެކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މާލެ އަދި ހުޅުމާލެ އެތެރޭގައި ޓެކްސީ ދަތުރެއް މީގެ ކުރިން 25ރ. އަށް ކުރި އިރު ޕެޓްރޯލް ލީޓަރެއް ލިބެނީ 8ރ. އަށެވެ. އެކަމަކު، މިހަފްތާގެ ކުރީކޮޅުން ފެށިގެން ޕެޓްރޯލް ލީޓަރެއްގެ އަގު 14.60ރ. އަށް އުފުލިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އެކޮއި
ޕެޓްރޯލާ ޑީސަލް އަގުބޮޑުވާ ފަހަރާފަހަރަކު ޓެކުސީ ޑުރައިވަރުން ދަތުރު ތައް އަގުބޮޑުކުރަން މިހިފަނީ ކިހިނެއް ވެގެންބާ އެހެންވީއާ ތެލުގެއަގު ހެޔޮވާފަހަރަކު ދަތުރުތަކުގެ އަގުވެސް ހެޔޮކުރަން ޖެހޭ ގޮތައް ގަވަވައިދު ކަަަޑައަޅަން ޖެހޭނެ ޓްރާސްޕޯޓް މިނިސްޓަރަށް އަޅުގަޑް މިގޮވާލަނަި
ބ ބުލްބުލް
ސަރުކާރުން އެއްގޮތަކަށްވެސް ތިކަމާ އަޅާނެކަމެއް ނެތް. ތީ 4 ނޫނީ ހަފްތާ އެއްގެ ކަމެއް. ފައިސާ ބޭނުން ވަންޏާ ސަރުކާރުން އަންގާ ގޮތައް އެކަން ކުރަންޖެހޭނީ. ޕަބްލިކް ޓްރާންސްޕޯޓް މާލެތެރޭ ފެށީމަ ޖެހޭނީ އާއްމުދަނީ ހޯދަން ނިކުންނަން.