އަސްލު އެމްޑީޕީ މަރުވެ މޫނުއަޅަ މަންޒަރު ފެންނަމުންދާކަމަށް ކުރީގެ ނާއިބު ރައީސް މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި އެޕާޓިގެ އެތެރޭގެ ކޯޅުން ބޮޑުވެފައިވާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އެމްޑީޕީއަށް އަމާޒުވެފައެވެ. އޭގެ ތެރޭގައި އެމްޑީޕީގެ މެންބަރުންވެސް ހިމެނެއެވެ.
އެމްޑީޕީގެ އެތެރޭގެ ކޯޅުންގަނޑު ބޮޑުވެފައިވާކަން އެންމެ ބޮޑަށް ފެނިގެންދިޔައީ ދާދިފަހުން ބޭއްވި އެމްޑީޕީ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައެވެ. އެއްބަޔަކު އަނެއްބަޔަކަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ ޤައުމީ މަޖިލިސް ހޫނުވިއެވެ. އެމްޑީޕީގެ އެތެރޭގެ ކޮޅުންގަނޑަށް އިޝަރާތްކުރައްވާ ޑރ.ޖަމީލް ވިދާޅުވީ އެމްޑީޕީގެ އިސް ފަރާތްތަކުން ޑިމޮކްރެސީގެ ނަމުގައި ފޭހުނު އިލޮށިގަނޑު މިއަދު އަމިއްލަ ލޮލަށް ހެރުނީކަމަށެވެ. ޙައްޤު ބަސް ބުނަން ލިބުނު ކޮންމެ ވަގުތަކު މަޖިލިސް މެންބަރު އީވާ ޢަބްދުﷲ ފަދަ ޕާޓީގެ އިސްބޭފުޅުން ދެއްކީ ޒާތީ ތަޢައްޞުބުކަމަށާއި، މިއަދު އަސްލު އެމްޑީޕީ މަރުވެ މޫނު އަޅާ މަންޒަރު ފެންނަނީކަމަށް ޖަމީލް ވިދާޅުވިއެވެ.
އެމްޑީޕީގެ އިސް ފަރާތްތަކުން ޑިމޮކްރެސީގެ ނަމުގައި ފޭހުނު އިލޮށިގަނޑު މިއަދު އަމިއްލަ ލޮލަށް ހެރުނީ. ޙައްޤު ބަސް ބުނަން ލިބުނު ކޮންމެ ވަގުތަކު @evattey ފަދަ ޕާޓީގެ އިސްބޭފުޅުން ދެއްކީ ޒާތީ ތަޢައްޞުބު. މިއަދު އަސްލު އެމްޑީޕީ މަރުވެ މޫނު އަޅާ މަންޒަރު ފެންނަނީ. pic.twitter.com/9FJbqU039L
— Mohamed Jameel Ahmed (@MJameelAhmed) March 10, 2022
އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ގުޅިގެން ޚިޔާލުތަފާތުވުންތައް ބޮޑުވެފައިވާއިރު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީން އެއްފަރާތްކޮށް، އެކަހެރިކުރުމަށް ވަރަށް ބޮޑަށް އެޕާޓީ ތެރެއިން މަސައްކަތް ކުރެވެމުންދާކަމަށް އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ތުހުމަތުކުރައްވައެވެ.
ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބާ ދިމާކޮށް ޕާޓީގެ އެންމެ އިސް ލީޑަރ ރައީސް ސާލިހާއި ޕާޓީގެ ރައީސް، ރައީސް ނަޝީދަށް ތާއީދުކުރައްވާ ފަރާތްތަކުން ގެންދަވަނީ ބަހުގެ ހަމަލާތައް ރައްދުކުރައްވަމުންނެވެ.
ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަކީ ރައީސް ސާލިހު އެންމެ އިތުބާރު ކުރައްވާ އެއް ވަޒީރެވެ. ފައްޔާޒުއާއި ވާދަ ކުރާ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއަކީ ފެށުނީއްސުރެ އެމްޑީޕީގެ ރައީސް، ރައީސް ނަޝީދުގެ އެންމެ އަރިސް އެ މެމްބަރެވެ.
އެހެންކަމަށް ވުމުން ޗެއަރޕާސަންގެ އިންތިހާބަކީ އެމްޑީޕީގެ އެތެރޭގައި ޕާޓީގެ އެންމެ އިސް ލީޑަރ ރައީސް ސާލިހާއި ޕާޓީގެ ރައީސް، ރައީސް ނަޝީދުގެ ތާޢީދު އޮތް
ކޮމެންޓު ފޮނުވާ