ތައި އެއަރ އޭޝިއާގެ ކާގޯ ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި - ފޮޓޯ: ވީއައިއޭ

ބެންކޮކުން މުދާ ގެންނަން ވިޔަފާރިތަކަށް މިއޮތީ ރަނގަޅު ފުރުސަތެއް!

ބެންކޮކުން މުދާ ގެންނަން ވިޔަފާރިތަކަށް މިއޮތީ ރަނގަޅު ފުރުސަތެއް!

ތައި އެއަރ އޭޝިއާ އިން ރާއްޖެއަށް މިހާރު ހަފްތާ އަކު އެއްފަހަރު އޮޕަރޭޓްކުރާ ކާގޯ ފްލައިޓުން މުދާގެންނަ ފަރާތްތަކަށް 45 އިންސައްތައާއި ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް މި ޚިދުމަތްދޭ ކުންފުނި "ފްރައިޓް ޗެއިން" އިން ބުނެފިއެވެ.

ރާއްޖޭގެ އިތުރުން އެ ކުންފުނިން ކާގޯ ފްލައިޓް އޮޕަރޭޓްކުރާ ސްރީލަންކާ، ބަނގްލަދޭޝް، ސިންގަޕޫރު، މެލޭޝިޔާ އާއި އިންޑިއާގެ ދެ ސިޓީއަށްވެސް މުދާ އުފުލަން ބޭނުންވާ ފަރާތްތަކަށް 45 އިންސައްތައާއި ހަމައަށް ޑިސްކައުންޓް ލިބޭނެކަމަށް އެކުންފުނިން ބުނެއެވެ. ތައި އެއަރ އޭޝިއާ މެދުވެރިކޮށް މި ސަރަހައްދުގެ ގައުމުތަކަށް އެއަރ ކާގޯ ޚިދުމަތް ދޭ ފްރައިޓް ޗެއިން ކުންފުންޏަކީ، ލޮޖިސްޓިކް ޚިދުމަތްދޭ ޓެލެޕޯޓް އާއި އެއަރ އޭޝިއާގެ ލޮޖިސްޓިކް ޕްލެޓްފޯމް ގުޅިގެން އުފައްދާފައިވާ ސަބްސިޑަރީ ކުންފުންޏެކެވެ.

ތައި އެއަރ އޭޝިއާއިން މި ދަތުރުތައް ކުރަނީ ތައިލޭންޑުގެ ސުވަރްނަބޫމީ އެއަރ ޕޯޓުންނާއި ޑޮން މުއަންގ އެއަރ ޕޯޓުންނެވެ. މީގެތެރެއިން ރާއްޖެއަށް ކުރާ ދަތުރުތައް ބާއްވަނީ ޑޮން މުއަންގ އެއަރ ޕޯޓުންނެވެ.

ތައި އެއަރ އޭޝިއާގެ ކާގޯ ފްލައިޓުން ވީއައިއޭ އަށް މުދާ ބާލަނީ – ފޮޓޯ: ވީއައިއޭ

އޭޝިޔާގެ ވިޔަފާރީގެ މައި ހަބުގެ ގޮތުގައި ބެލެވޭ ތައިލޭޑުން މި ކުރާ ދަތުރު ތަކާ ގުޅޭގޮތުން ޓެލެޕޯޓްގެ ޗީފް އޮޕަރޭޓިންގ އޮފިސަރ އެޑްރިއަން ލުރެޓްޒް ވިދާޅުވީ މި ދަތުރު ތަކުގެ ސަބަބުން ވިޔަފާރި ވެރިންނަށް މުދާ އުފުލުމުގައި އެތައް ލުއިފަސޭހަ ތަކެއް ލިބޭނެ ކަމަށެވެ. އަދި އާސިއާންގެ ގައުމުތަކަށް މި ދަތުރުތަށް ބާއްވަން ފެށީ މި ސަރަހައްދުގައި ކާގޯ ފްލައިޓަށް އޮތް ޑިމާންޑުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.

ތައިލޭންޑު ނުވަތަ ދިވެހިންގެ މެދުގައި މަޝްހޫރު ނަމުންނަމަ ބެންކޮކަކީ ރާއްޖެއަށް ވެސް އެކި ބާވަތްތަކުގެ މުދާ ކޮންމެ އަހަރަކުވެސް ގިނަ އަދަދަކަށް އެތެރެކުރާ ގައުމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *