ހަނގުރާމައިގެ ސަބަބުން ޔޫކުރެއިން ދޫކޮށް ހިޖުރަ ކޮށްފައިވާ ރެފިއުޖީންގެ އަދަދު ދެ މިލިއަނަށް

ހަނގުރާމައިގެ ސަބަބުން ޔޫކުރެއިން ދޫކޮށް ހިޖުރަ ކޮށްފައިވާ ރެފިއުޖީންގެ އަދަދު ދެ މިލިއަނަށް

Author
ހުސެއިން
08 މާރޗް 2022 06:21
0

ރަޝިއާއިން ޔޫކުރެއިންއަށް ދެމުންދާ އުދުވާނީ ހަމަލާތަކުން ސަލާމަތް ވުމަށް ޔޫކުރެއިން ދޫކޮށް އަވައްޓެރި ގައުމުތަކަށް ހިޖުރަ ކޮށްފައިވާ މީހުންގެ އަދަދު 2 މިލިއަނަށް އަރައިފިއެވެ.

ފާއިތުވެދިޔަ ފެބްރުއަރީމަހުގެ 24ވަނަ ދުވަހު ރަޝިއާގެ އަސްކަރިއްޔާއިން ޔޫކުރެއިންއަށް އަރާ އެގައުމަށް އުދުވާނީ ހަމަލާ ދޭން ފެށިތާ މިއަދަށް 12 ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު، މިހާތަަނަށް ޔޫކުރެއިންގެ ބޯޑަރު ހުރަސްކޮށް އެންމެ ގިނަ އަދަދެއްގެ މީހުން ހިޖުރަ ކޮށްފައިވަނީ ޔޫކުރެއިންއާއި އިންވެގެން އޮންނަ ޕޮލޭންޑަށެވެ. މިގޮތުން ޕޮލޭންޑަށް މިހާތަނަށް 2.1 މިލިއަން މީހުން ރެފިއުޖީންގެ ގޮތުގައި ވަނީ ހިޖުރަ ކޮށްފައެވެ.

މީގެއިތުރުން ޔޫކުރެއިންއާއި އިންވެގެން އޮންނަ ހަންގޭރީއަށް 191ހާސް ރެފިއުޖީން، ސްލޮވޭކިއާއަށް 240 ހާސް ރެފިއުޖީން، ރޫމޭނިއާއަށް 82 ރެފިއުޖީން، މޯލްޑޯވާއަށް 82 ހާސް ރެފިއުޖީން ހިޖުރަ ކޮށްފައިވާއިރު، ހަގުރާމައިން ސަލާމަތްވުމަށް ޔޫރަޕްގެ އެހެން ގައުމުތަަކަށް 210 ހާސް މީހުން މިހާރު ވަނީ ހިޖުރަ ކޮށްފައެވެ.

ރަސްމީ ފަރާތްތަކުން ހާމަ ކޮށްފައިވާ ގޮތުގައި، ކޮންމެ ރެއަކުވެސް މިހާރު ޔޫކުރެއިން ދޫކޮށް ދާ މީހުންގެ އަދަދަވަނީ ރެއަކަށް 150 ހާހަށް އަރާފައެވެ. ޔޫއެންއިން ހާމަ ކޮށްފައިވާ ގޮތުގައި، ޔޫކުރެއިންގެ ވެރިރަށް ކީވްގެ އިރުއުތުރުން އޮންނަ އަވަށްތައް ކަމުގައިވާ ސަމީއާއި އިރުޕިން ދޫކޮށް ދިއުމުގެ ފުރުސަތު ދިނުމުގެ ގޮތުން ހަމަލާބަދަލު ކުރުން ހުއްޓާލުމަށް ދެފަރާތުން އެއްބަސްވުމާއި ގުޅިގެން، އެ އަަވަށްތައް ދޫކޮށް ދާން އާންމު ރައްޔިތުން މިހާރުވަނީ ފަށާފައެވެ.

ރަޝިއާއިން ޔޫކުރެއިންއަށް އަރާ އެގައުމަށް އުދުވާނީ ހަމަލާ ދޭން ފެށުމާއެކު، އުފެދިފައިވާ ރެފިއުޖީ ކާރިސާއަކީ ދެވަނަ ބޮޑު ހަގުރާމައަށްފަހު ޔޫރަޕަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ރެފިއުޖީ ކާރިސާއެވެ. އަދި ޔޫކުރެއިންއިންގެ އަވައްޓެރި ގައުމުތަކަށް ހިޖުރަ ކުރަމުންދާ ރެފިއުޖީންނަށް އެގައުމުތަކުންދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.