ކުމުންދޫ އަންހެނުންގެ ފުރަތަމަ ފުޓްސަލް މުބާރާތުގެ ފައިނަލްގެ ފަހު ޖާގަ ސަންދިޔާ ކަށަވަރު ކޮށްފި

ކުމުންދޫ އަންހެނުންގެ ފުރަތަމަ ފުޓްސަލް މުބާރާތުގެ ފައިނަލްގެ ފަހު ޖާގަ ސަންދިޔާ ކަށަވަރު ކޮށްފި

ހދ. ކުމުންދޫގައި ބާއްވާ އަންހެނުންގެ ފުރަތަމަ ފުޓްސަލް މުބާރާތުގެ ފައިނަލްގެ ދެވެނަ ޖާގަ ސަންދިޔާ ހޯދައިފިއެވެ.

ކުމުންދޫ ޔޫތު ސްޕޯޓްސް (ކޭ.ވައި.އެސް)އިން ނަސްރުގެ ދުވަހުގެ މުނާސަބަތުގައި "ކޭވައިއެސް ވިމެންސް ފުޓްސަލް ލީގް 2020″ ގެ ނަމުގައި ކުރިއަށްގެންދާ މި މުބާރާތުގެ 10ވަނަ މެޗު 2-0 އިން ސަންދިޔާ ކާމިޔާބު ކުރީ ޓާފް ކުއީން އާ ވާދަކޮށްގެންނެވެ. ފައިންލަށް ދިޔަ ފުރަތަމަޓީމު ސީއެސް ވިމެންސް ވެސް ފައިނަލުން ޖާގަ ކަށަވަރު ކުރީ ޓާފް ކުއީން އާއި ވާދަކޮށް މޮޅުވެގެންނެވެ.

މިރޭ ސަންދިޔާ އާއި ޓާފް ކުއީން ބައްދަލުކުރި މެޗްގައި ސަންދިޔާގެ ލަނޑުތައް ޖަހައިދިނީ މެޗްގެ ކުއީން އޮފްދަ މެޗް ސާއިދާ ޙަސަން އާއި ޝަޒްލާ ޙަސަން އެވެ.

ލީގު އުސޫލުން ކުރިއަށްގެންދާ މި މުބާރާތުގެ ފައިންލް މެޗް އޮންނާނީ ނޮވެމްބަރު 11 ވާ ބުދަ ދުވަހުގެ ރޭ 20:30ގައި ކަމަށް މުބާރާތް އިންތިޒާމުކުރާ ކޭ.ވައި.އެސް ޖަމިއްޔާއިން ބުނެއެވެ.

ހދ. ކުމުންދޫގައި ހަމައެކަނި އަންހެނުންނަށް ހާއްސަކޮށްގެން ބާއްވާ މިއީ ފުރަތަމަ ފުޓްސަލް މުބާރާތެވެ. މި މުބާރާތުގައި ޖުމްލަ 5 ޓީމު ވާދަކުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *