ހިޔާ މަޝްރޫއުގެ ތެރޭގައި ހިމަނައި ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަ ކޮށްގެން އިމާރާތްކުރަން ފެށި ފްލެޓްތަކުގެ މަސައްކަތް ކުރިއަށްދާގޮތް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ބައްލަވާލައްވައިފިއެވެ.
ސްޓެލްކޯގެ ހައުސިން ޕްރޮޖެކްޓްގެ މަސައްކަތްތައްދާގޮތް ބައްލަވާލެއްވުމަށް މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފާއި، ބޯޑު މެމްބަރުންގެ އިތުރުން ހައުސިން ކޮމިޓީގެ ބައެއް މެމްބަރުން ވަނީ މިއަދު ސައިޓަށް ޒިޔާރަތް ކުރައްވާފައެވެ. މި ޒިޔާރަތުގައި މި ޕްރޮޖެކްޓްގެ މަސައްކަތްތައް ވީއެންމެ އަވަހަކަށް ނިންމާލުމަށް ކުރަންޖެހޭ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކޮށްދިނުމަށް ކޮންޓްރެކްޓަރާއެކު ވަނީ މަޝްވަރާކުރައްވާފައެވެ.
މިކުންފުނީގެ ހައުސިން ޕްރޮޖެކްޓްގެ މަސައްކަތްތައްދާގޮތް ބައްލަވާލެއްވުމަށް މެނޭޖިންގ ޑިރެކްޓަރ @ShareefRangondi އާއި، ބޯޑު މެމްބަރުންގެ އިތުރުން ހައުސިން ކޮމިޓީގެ ބައެއް މެމްބަރުން ވަނީ މިއަދު ސައިޓަށް ޒިޔާރަތް ކުރައްވާފައި. pic.twitter.com/y4cX905q2L
— STELCO (@STELCOMALDIVES) March 7, 2022
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ދެ ޓަވަރެއްގައި، ސްޓެލްކޯގެ މުވައްޒަފުންނަށް 360 ފްލެޓް އިމާރާތް ކޮށްފައިވެ އެވެ. އެއީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ (1+2) 288 އެޕާޓްމެންޓެވެ.
ސްޓެލްކޯއިން ދަނީ އެކުންފުނީގެ މުވައްޒިފުންނަށް ޚާއްސަކޮށްފައިވާ ފްލެޓްތައް ވީހާވެސް އަވަހަށް ނިންމައި ބޭނުން ކުރެވޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުންނެވެ. އަދި މިހާރު އަމާޒުހުރީ ކުރިއަށް އޮތް މަދު ދުވަސްތަކުގެ ތެރޭގައި މުވައްޒިފުންނަށް ފުލެޓް ހަވާލު ކުރުމަށެވެ.
ކޮމެންޓު ފޮނުވާ