އަދިތިޔާ އާއި ޝްވެތާއަށް އަންހެން ކުއްޖެއް

އަދިތިޔާ އާއި ޝްވެތާއަށް އަންހެން ކުއްޖެއް

Author
ފާތިމަތު ނާވީ
05 މާރޗް 2022 01:29
0

2020 ވަނަ އަހަރު ކައިވެނި ކުރި އަދިތިޔާ ނަރާޔަނާއި ޝްވެތާ އަގަރްވާލަށް އަންހެން ދަރިއަކު ލިބިއްޖެއެވެ.

މިއީ މިދެމީހުންގެ ވެސް ފުރަތަމަ ދަރިފުޅެވެ. އަދިތިޔާ ވަނީ މިކަން ސޯޝަލް މީޑީއާގައި ހިއްސާ ކޮށްފައެވެ.
އަދި ބުނެފައިވަނީ މިދިއަ މަހުގެ 24 ވަނަ ދުވަހު އެމީހުންނަށް އަންހެން ކުއްޖެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް އަދި އެކުއްޖާގެ ފޮޓޯއެއް އަދި ނަމެއް ވެސް ހިއްސާ ކޮއްފައެއް ނުވެއެވެ.

މިއާއެކު 90ގެ ބޮލީވުޑް ލަވައިގެ އެއް ލެޖެންޑް އުދިތު ނަރާޔަން މިވަނީ ކާފައަކަށް ވެފައެވެ.

ފިލްމް "ޝާޕިޓު"ގެ ސެޓުން ދިމާވެ ލޯބީގެ ގޮތުން ގުޅުން މިދެތަރިންނަށް ދަރިއަކު ލިބެން އުޅޭކަން ހާމަކޮށްފައިވަނީ މި އަހަރުގެ ޖަނަވަރީ މަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.