ރަންދީޕް ކަކުލުގެ ސާޖަރީއެއް ކޮށްފި

ރަންދީޕް ކަކުލުގެ ސާޖަރީއެއް ކޮށްފި

Author
ފާތިމަތު ނާވީ
06 މާރޗް 2022 01:52
0

ބޮލީވުޑްގެ އެކްޓަރ ރަންދީޕް ހޫޑާ ކަކުލުގެ ސާޖަރީއެއް ކޮށްފިއެވެ.

އޭނާ މިހާރު މަސައްކަތް ކުރަމުން އަންނަ ފިލްމު "އިންސްޕެކްޓަރ އަވީނާޝް" ގެ ޝޫޓިންގެ ތެރެއިން ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން މި އޮޕަރޭޝަން ކޮށްފައިވަނީ މުމްބާއީގެ ކޮކިލާ ދީރުބާއީ އަމްބާނީ ހޮސްޕިޓަލުގައެވެ.

އަދި ހުރިހާ ކަމެއް ދިޔައީ ރަނގަޅަށް ކަމަށާއި އޮޕަރޭޝަނަށް ފަހު މިހާރު ރަންދީޕް ހޮސްޕިޓަލުން ދޫކޮށްލާފައި ވާކަމަށް ޚަބަރުތައް ބުނެއެވެ.

ރަންދީޕްގެ ސޯޝަލް މީޑިއާގައި މިކަމާ ގުޅޭ އެއްވެސް ޚަބަރެއް ހިއްސާކޮށްފައެއް ނުވެއެވެ. ނަމަވެސް އޭނާ ހޮސްޕިޓަލުގެ އެނދެއްގައި އިން ފޮޓޯއެއް ހުކުރު ދުވަހު އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެއެވެ. މީގެ އިތުރުން މީޑިއާއަށް ވަނީ އޭނާ ހޮސްޕިޓަލުން ނުކުންނަނިކޮށް ފެނިފައެވެ.

 

View this post on Instagram

 

A post shared by ETimes (@etimes)

"ހައިވޭ"، "ރާދޭ" ފަދަ މަގުބޫލް ފިލްމުތައް ކުޅެފައިވާ ރަންދީޕް މިހާރު ކުޅެމުންދާ ފިލްމު "އިންސްޕެކްޓަރ އަވީނާޝް" އަކީ ތުރިލާ ފިލްމެކެވެ. މި ފިލްމު ޑައިރެކްޓް ކުރަނީ ނީރަޖު ޕާޓަކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.