ޓައިގާ-3ގެ ޓީޒާ ދައްކާލައިފި

ޓައިގާ-3ގެ ޓީޒާ ދައްކާލައިފި

Author
ފާތިމަތު ނާވީ
06 މާރޗް 2022 06:19
0

ސަލްމާން ޚާނާއި ކެޓްރީނާ ކައިފްގެ "ޓައިގާ" ފްރެންޗައިޒްގެ 3ވަނަ ފިލްމު "ޓައިގާ 3″ގެ ޓީޒާއެއް ހުކުރު ދުވަހު ދައްކާލައިފިއެވެ.

ކުރިންވެސް ފިލްމުގެ ޕްރޮޑިއުސަރުން ބުނެފައިވާ ގޮތަށް، ޓީޒާއިން މިއީ ވަރަށް އެކްޝަން މަންޒަރުތައް ގިނަ، ލޯބީގެ ފިލްމެއްކަން އެނގިގެން ދެއެވެ.

އިންޑިއާގެ ޖާސޫސީ އިދާރާގެ އޭޖެންޓެއްގެ ރޯލުން މީގެ ކުރީ ދެ ފިލްމުން ވެސް ސަލްމާން ފެނިގެން ގޮސްފައިވާއިރު ކެޓްރީނާ ފެންނަނީ ޕާކިސްތާނުގެ ޖާސޫސީ އިދާރާގެ އޭޖެންޓެއްގެ ރޯލުންނެވެ.

ފިލްމުގެ ޓީޒާ ރިލީޒް ކުރުމާއެކު ކެޓްރީނާއަށް ވަނީ ވަރަށް ތައުރީފް އޮހިފައެވެ. އެކްޓަރ ވިކީ ކޯޝަލްއާ ކައިވެނި ކުރި ފަހުން ކެޓްރީނާ ފެނިގެންދާ މިއީ ފުރަތަމަ ފިލްމެވެ.

ކުރީގެ ލޯބިވެރިޔާ އާއެކު ކެޓްރީނާ ސްކްރީން ހިއްސާ ކުރާއިރު މި ފިލްމަކީ އެކްޝަނާއި އެއްވަރަށް ރޮމޭންސް ހިމެނޭ ފިލްމެކެވެ.

މަނީޝް ޝަރުމާ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ރިލީޒް ކުރުމަށް ތާވަލު ކޮށްފައިވަނީ 2023ގެ އެޕްރީލް 23ވާ ފިތުރު އީދު ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.