އަނިޔާ ވެރިކަމާއި، ކޮރަޕްޝަނާއި ދެކޮޅަށް ކުރި ހަނގުރާމަ އަދި ނުނިމޭ: ސައުދު

އަނިޔާ ވެރިކަމާއި، ކޮރަޕްޝަނާއި ދެކޮޅަށް ކުރި ހަނގުރާމަ އަދި ނުނިމޭ: ސައުދު

Author
މުޙައްމަދު ޝަޒައިމް
03 މާރޗް 2022 12:06
0

އަނިޔާ ވެރިކަމާއި، ކޮރަޕްޝަނާއި ދެކޮޅަށް ކުރި ހަނގުރާމަ އަދި ނުނިމޭ ކަމުގައި ޓްރޭޑް ޔޫނިއަންގެ ނައިބް ރައީސް ސައުދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ހާލަތު އޮތް ގޮތާއިމެދު ކަންބޮޑުވުން ފާޅުކޮށް ސައުދު ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ކުންފުނިތަކުގައި ވައްކަމާއި، ފަސާދަ ނައްތާލުމަކީ މިސަރުކާރުގެ އެންމެ ބޮޑު ވައުދުކަމަށެވެ. ނަމަވެސް މިއަދު ފެނިގެންދަނީ އެހާލަތު ނޫންކަމަށާއި، ކުންފުނިތަކާއިމެދު ރައީސް ޞާލިހުގެ ގެންގުޅުއްވާ ތަސައްވަރު ހަގީގަތަކަށް ހެދުމަށް މިވަގުތު ކުރަން ޖެހިފައިވާ އެންމެ މުހިންމު މަސައްކަތަކީ، ކުންފުނިތަކުގެ އިންޓަރނަލް އޮޑިޓެއް ހެދުންކަމަށް ސައުދު ވިދާޅުވިއެވެ.

ސަރުކާރުގެ އެސްއޯއީ ހިންގުން ހަރުދަނަ ކުރުމަށް ކުންފުނިތަކުގެ އިންޑިޕެންޑެންޓް އިންޓަރނަލް އޮޑިޓެއްގެ ދައުރު ފުރިހަމަ ކުރަންޖެހޭ. ރައީސް ޞާލިހުގެ ސިޔާސަތު ފުރިހަމައަށް ތަންފީޒު ވަނީ މި މަސައްކަތް ރަނގަޅަށް ކުރެވިގެން. އެސްއޯއީގެ ބަދަލުވެރި ފަރާތުން މިކަމަށް ސަމާލުކަން ދޭންޖެހޭ.

– ފިނޭންސް މިނިސްޓަރ އަމީރު ޓެގްކޮށް ސައުދު ކުރި ޓުވީޓުގައި ބުނެފައިވެއެވެ.

ސައުދު ވިދާޅުވީ ނިމިދިޔަ ވެރިކަމުގެ އަނިޔާއާއި، ކޮރަޕްޝަނާއި ދެކޮޅަށް ކުރަންޖެހުނު މަސައްކަތް މިއަދު އަދި ނިންމާލެވުނުކަމަށް ގަބޫލުކޮށްގެން ނުވާނެކަމަށެވެ. ކުންފުނިތަކުން ހިންގަމުންދާ ކޮރަޕްޝަނާއި، އަނިޔާގެ ކަންކަން ބެލުމަކީ ކުރަންޖެހޭ ކަމެއްކަން ސައުދުވަނީ ފާހަގަ ކުރައްވާފައެވެ.

އަނިޔާ ވެރިކަމާއި، ކޮރަޕްޝަނާއި ދެކޮޅަށް ކުރި ހަނގުރާމަ އަދި ނުނިމޭ. މިއަޑު އުފުލުމުގެ ހިތްވަރު ދުލެއް ނުކުރެވޭނެ.

– ސައުދު ވިދާޅުވިއެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ތެރޭގައި ކޮރަޕްޝަންގެ އަަމަލުތައް އިންތިހާއަށް އޮތްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި ބައެއް ކުންފުނިތަކުގެ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް އޭސީސީއާއި ކަމާއި ގުޅުންހުރި އިދާރާތަކުންވެސް ދަނީ ބަލަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.