ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ދަށުން ހިންގާ ކުންފުނިތަކުގެ މެނޭޖަރުންނަށް ޚާއްސަކޮށްގެން ބޭއްވި ޕްރޮގުރާމު ނިންމާލައިފިއެވެ.
ސްޓެލްކޯގެއިން އެކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް ދޭތެރެ ދޭތެރެއިން އެކުންފުނީގެ ދަށުން ހިންގާ އިންޖީނުގެތަކުގެ މެނޭޖަރުން ތަމްރީން ކުރުމުގެ ޕްރޮގުރާމުތައް ބާއްވައެވެ. މިފަހަރު ބޭއްވި ޕްރޮގުރާމު ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފައިވަނީ މިކަމަށްޓަކައި ބޭއްވިު ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މިފަހަރު ބާއްވާފައިވަނީ އިންޖީނުގެތަކުގެ މެނޭޖަރުންނަށް ހާއްސަކޮށްގެން ބޭއްވި "ޕަވަރ ހައުސް މެނޭޖާރސް ޑިވޮލޮޕްމަންޓް ޕްރޮގްރާމް 2022″ އެވެ.
މިކުންފުނީގެ ދަށުން ހިންގާ އިންޖީނުގެތަކުގެ މެނޭޖަރުންނަށް ހާއްސަކޮށްގެން ބޭއްވި "ޕަވަރ ހައުސް މެނޭޖާރސް ޑިވޮލޮޕްމަންޓް ޕްރޮގްރާމް 2022" ނިންމާ، އެ ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިންނަށް 01 މާރޗް 2022 ވީ އަންގާރަ ދުވަހުގެ ރޭ ވަނީ ސެޓްފިކެޓް ދެވިފައި. pic.twitter.com/TvWl3qIxFJ
— STELCO (@STELCOMALDIVES) March 2, 2022
ހަތަރު ދުވަހުގެ މި ޕްރޮގްރާމަކީ މިކުންފުނިން ހިދުމަތްދޭ 30 ރަށެއްގެ މެނޭޖަރުންނަށް ބައިވެރިވިއެވެ. އަދި މި ޕްރޮގްރާމްގައި މެނޭޖަރުންގެ ލީޑަރޝިޕް ސްކިލްސްތަކާއި، މުވައްޒަފުން ބިނާކޮށް، މުވައްޒަފުންގެ ފަރާތުން އެންމެ ރަނގަޅު ހިދުމަތް ކުންފުންޏަށާއި، ރައްޔިތުންނަށް ލިބިގެންދާނެ ގޮތްތައް ދަސްކޮށްދީފައިވެއެވެ.
މި ޕްރޮގްރާމްގެ ތެރެއިން ކުންފުނީގެ އެކި އެކި ދާއިރާތަކުގެ މަސައްކަތްތަކަށް އަހުލުވެރިވުމަށް ފުރުސަތު ދީފައިވާއިރު، ހުރިހާ އިންޖީނުގެއެއްގެ މަސައްކަތްވެސް އެއް މިންގަނޑަކުން ކުރުމަށް ބާރު އަޅާފައިވެއެވެ.
ކޮމެންޓު ފޮނުވާ