ފެބްރުވަރީ މަހުގެ 20 ވަނަ ދުވަހު ކައިވެނި ކުރި ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ލަވް ރަންޖަންގެ ކުރިއަށް އޮތް ފިލްމު އެޅުވާ ތާރީހް އިއުލާން ކޮށްފިއެވެ.
މިއީ ރަންބީރު ކަޕޫރުއާއި ޝްރައްދާ ކަޕޫރުގެ ޖޯޑު އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ. އަދި މިހާތަނަށް ވަކި ނަމަވެސް ވެސް ދީފައި ނުވާ މި ފިލްމުގެ ޝޫޓިން އަދި އެއްކޮށް ނުނިމެއެވެ. ޕްރޮޑިއުސަރ ބޯނީ ކަޕޫރު އެކްޓިންގ ދާއިރާއަށް ނުކުންނަ މި ފިލްމުން ޑިމްޕަލް ކަޕާޑިއާވެސް ފެނިގެން ދާނެއެވެ. މިއީ ރޮމޭންޓިކް ކޮމެޑީއެކެވެ.
ސޯޝަލް މީޑީއާގައި ބޮޑު ފޭން ބޭސް އެއް އޮތް ދެ އެކްޓަރުންގެ ފިލްމު ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވަނީ އަންނަ އަހަރުގެ މާރިޗު މަހުގެ 8 ވަނަ ދުވަހަށެވެ. އެކަން ލަވް ވަނީ ކަށަވަރު ކޮށްދީފައިއެވެ.
ރަންބީރު އެންމެ ފަހުން ފެނިގެންގޮސްފައި ވަނީ 2018 ވަނަ އަހަރުގެ "ސަންޖޫ" އިންނެވެ. ޝްރައްދާ ފެނިގެން ގޮސްފައި ވަނީ 2020 ވަނަ އަހަރުގެ ފިލްމު "ބާގީ3″ އިންނެވެ.
ކޮމެންޓު ފޮނުވާ