ޝާހިދު ކަޕޫރުގެ ކޮއްކޮ ކައިވެނި ކުރަނީ

ޝާހިދު ކަޕޫރުގެ ކޮއްކޮ ކައިވެނި ކުރަނީ

Author
ފާތިމަތު ނާވީ
02 މާރޗް 2022 09:13
0

ޝާހިދު ކަޕޫރުގެ ކޮއްކޮ ސަނާހް ކަޕޫރާއި އޭނާގެ ލޯބިވެރިޔާ މަޔަންކާގެ ކައިވެނީގެ ހަފްލާތަށް ފަށައިފިއެވެ.

ސަނާހް ވަނީ 2015 ވަނަ އަހަރު ފިލްމް ޝާންދާރުން ބޮލީވުޑަށް ތައާރަފު ވެފައެވެ. ނަމަވެސް ސަނާހްއަށް ބޮލީވުޑްގައި މާ ބޮޑު ކާމިޔާބެއް ނުލިބުނެއެވެ.

ސަނާހް އަކީ ޝާހިދު ކަޕޫރުގެ އެއްބަފާ ކޮއްކޮއެވެ. އެކްޓަރު ޕަންކަޖް ކަޕޫރާއި އެކްޓްރެސް ސްޕްރިއާ ޕާޓަކްގެ ކައިވެންޏަށް ލިބުނު ދެކުދިންގެ ތެރެއިން އަންހެން ކުއްޖާއެވެ.

ސަނާހް ކައިވެނި ކުރަނީ އެކްޓަރު މަނޯޖް ޕާވާ އާއި ޕްރޮޑިއުސަރ އަދި އެކްޓްރެސް ސީމާ ޕާވާގެ ދަރިފުޅު މަޔާންކް އާއެވެ.

 

View this post on Instagram

 

A post shared by Vivaan Shah (@thesurrealvivaanshah)

ކަޕޫރު އަދި ޕާވާގެ އާއިލާގެ މެދުގައި ވަރަށް ގާތް ގުޅުމެއް އޮވެއެވެ. އެހެން ކަމުން ސަނާހް އަދި މަޔާންކް އެއަކު އަނެއްކަށް އެނގޭތާވެސް ގިނަ ދުވަސްތަކެއް ވަނީވެފައެވެ.

ޑައިރެކްޓަރު ވިކާސް ބާލްގެ ޝާންދާރުން ސަނާހް ބޮލީވުޑަށް ތާރަފް ވިިއިރު މި ފިލްމްގެ ލީޑުން ފެނިގެން ދިއައީ ޝާހިދު ކަޕޫރާއި އާލިއާ ބަޓެވެ. އަދި މުހިންމު ރޯލަކުން ޝާހިދާއި ސަނާހްގެ ބައްޕަ ޕަންކަޖް ކަޕޫރުވެސް ފެނިގެން ދިޔައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.