ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ލަވް ރަންޖަން ލޯބިވެރިޔާ އަލީޝާ ވައިޑް އާއި ކައިވެނި ކުރީ މިދިޔަ މަހުއެވެ. މި ކައިވެނި އޮތީ އާގްރާގައެވެ.
ނަމަވެސް ކައިވެނީގެ ފިޓޯތައް އާންމުކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އަދި މިއާއެކު ސޯޝަލް މީޑިއާގައިވަނީ ކައިވެނީގެ ފޮޓޯތަށް ވައިރަލް ވެފައެވެ.
As Alisha and Luv begin their new journey together, we seek your blessings and love. pic.twitter.com/GzjMdF6wcO
— Luv Films (@LuvFilms) February 28, 2022
ހިންދޫ އިންގެ ސަގާފަތާ އެއްގަތަށް ކުލަގަދަަކޮށް ކުރެވުނު މި ކައިވެނީގައި ބޮލީވުޑް ތަރިން ވެސް ވަނީ ބައިވެރިވެފައެވެ.
މިދިއަ މަހުގެ 20 ވަނަ ދުވަހު ކައިވެނި ކުރި ނަމަވެސް ލަވްގެ ކައިވެނި ފޮޓޯއެއް މިހާތަނަށް ސޯޝަލް މީޑިއާއަށް ތިލަވެފައެއް ނުވެއެވެ.
ނަމަވެސް ލަވްގެ ފަރާތުން ސޯޝަލް މީޑިއާގައި ކައިވެނީގެ ފޮޓޯތައް އާންމުކުރިމާއެކު ކައިވެނީގައި ބައިވެރިވި ބައެއް ތަރިން ވަނީ އެމީހުންގެ އިންސްޓަގްރާމްގައި ދެމަފިރިންނަށް މަރުހަބާ ކިޔައި ފޮޓޯތަށް ޝެއާ ކޮށްފައެވެ.
އެގޮތުން ނުޝްރަތު ބަރޫޗާ އާއި އަރުޖުން ކަޕޫރު ވެސް ވަނީ ދެމަފިރިންނަށް މަރުހަބާ ކިޔައި އިންސްޓަގްރާމްގައި ފޮޓޯތައް ޝެއާ ކޮށްފައެވެ.