ޕްރަބާސްގެ "ރާދޭ ޝިޔަމް"ގެ 2 ވަނަ ޓްރެއިލާ މިއަދު!

ޕްރަބާސްގެ "ރާދޭ ޝިޔަމް"ގެ 2 ވަނަ ޓްރެއިލާ މިއަދު!

Author
ފާތިމަތު ނާވީ
02 މާރޗް 2022 11:21
0

ސައުތުގެ ސުޕަރސްޓާ ޕްރަބާސްގެ ކުރިއަށް އޮތް ފިލްމު "ރާދޭ ޝިޔަމް"ގެ ދެވަނަ ޓްރެއިލާ މިއަދު އާންމުކުރަން ހަމަޖެހިއްޖެއެވެ.

މި ފިލްމަކީ ސައުތުގެ ފިލްމު އިންޑަސްޓްރީގައި މިއަހަރު އެންމެ އުންމީދީ އެއް ފިލްމެވެ. ޕްރަބާސް އާއެކު މި ފިލްމްގެ ލީޑުން ފެނިގެން ދާނީ ޕޫޖާ ހޭގްޅޭ އެވެ.

ކޯވިޑްގެ ސަބަބުން ފިލްމު ރިލީޒް ކުރުން މިހާރުވެސް ވަރަށް ބޮޑަށް ވަނީ ފަސްވެފައެވެ. ނަމަވެސް ފިލްމު ރިލީޒް ކުރަން އެންމެފަހުން ތާވަލު ކޮށްފައިވާ ތާރީހަކަށް ބަދަލެއް އަދި ނުގެނެއެވެ. އެއީ މިމަހުގެ 11 ވަނަ ދުވަހެވެ.

 

View this post on Instagram

 

A post shared by Prabhas (@actorprabhas)

ރާދާ ކްރިޝްނާ ކުމާރު ޑައިރެކްޓު ކޮށްފައިވާ މި ފިލްމަކީ ޓެލުގޫ ބަހުންނާއި ހިންދީ ބަހުންވެސް ގެނެސްދޭނެ ފިލްމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.