ވިދްޔާގެ "ޖަލްސާ" މިމަހު 18 ގައި ބެލުންތެރިންނާ ހަމައަށް!

ވިދްޔާގެ "ޖަލްސާ" މިމަހު 18 ގައި ބެލުންތެރިންނާ ހަމައަށް!

Author
ފާތިމަތު ނާވީ
01 މާރޗް 2022 05:50
0

ބަތަލާ ވިދްޔާ ބާލަންގެ ކުރިއަށް އޮތް ފިލްމު "ޖަލްސާ"ގެ "ފަސްޓް ލުކް" އާއެކު ފިލްމު ޕްރިމިއާ ކުރާނެ ތާރިހު އިއުލާންކޮށްފިއެވެ.

މިއީ އަންހެން ދެތަރިން ލީޑުން ފެނިގެންދާނެ ފިލްމެކެވެ. ޝެފާލީ ޝާހާއި ވިދްޔާ ބާލަންގެ މި ފިލްމު އެމޭޒަން ޕްރައިމްގައި ޕްރިމިއާކުރަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.

ވިދްޔާގެ ކާމިޔާބު ފިލްމު "ތުމްހާރީ ސުލޫ (2017)" ގެ ޑައިރެކްޓަރު ސްރޭޝް ތުރިވެނީ ޑައިރެކްޓް ކޮށްފައިވާ މި ފިލްމަކީ ޑްރާމާ-ތުރިލާ އެކެވެ. މި ފިލްމުގައި ދައްކައިދޭނީ އެކި ފަންތީގެ މީހުންގެ މެދުގައި އިންޑިއާގައި އޮންނަ ޒަމާންވީ ތަފާތުކުރުންތަކެވެ. އެގޮތުން އިސް ސަފުގައި ހަރަކާތްތެރިވާ ނޫަސްވެރިއަކާއި އޭނާގެ ނޯކަރެއްގެ މެދުގައި ހިނގާދާ ކަންތައް ތަކެއް ފިލްމުގައި ފެނިގެންދާނެއެވެ.

 

View this post on Instagram

 

A post shared by amazon prime video IN (@primevideoin)

ޕްރްޖްވާލް ޗަންދްރަޝޭކަރު އަދި ސްރޭޝް ތުރިވެނީ ލިޔެފައިވާ ސްކްރިޕްޓުގެ ޑައިލޮގްތައް ލިޔެފައިވަނީ ހުސައިން އަދި އައްބާސް ދަލާލެވެ.

އެމޭޒަން އަކީ ވިދިޔާގެ ގިނަ ފިލްމުތަކެއް ގެނެސްދެމުން އަންނަ ޕްލެޓްފޯމެކެވެ. އެގޮތުން ވިދްޔާގެ "ޝަކުންތަލާ ދޭވީ" އާއި "ޝޭރްނީ" ވެސް ޕްރިމިއާ ކުރީ އެމެޒަން ޕްރައިމް ގައި ޑިޖިޓަލްކޮށެވެ.

ވިދްޔާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ޖޫންގައި އެމޭޒަން ޕްރައިމް ވީޑިއޯ އިން ޕްރިމިއާކުރި "ޝޭރްނީ" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.