އެމްޑީޕީ އިންތިޚާބުތަކުގެ ވޯޓާސް ލިސްޓް އާންމުކޮށް، ޝަކުވާއަށް ހުޅުވާލައިފި

އެމްޑީޕީ އިންތިޚާބުތަކުގެ ވޯޓާސް ލިސްޓް އާންމުކޮށް، ޝަކުވާއަށް ހުޅުވާލައިފި

Author
މުޙައްމަދު ޝަޒައިމް
28 ފެބްރުއަރީ 2022 09:51
0

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕާސަން، އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިއްވަރު އިންތިޚާބުގެ ވޯޓުލާ މީހުންގެ ލިސްޓު އާންކޮށް ޝަކުވާއަށް ހުޅުވާލައިފިއެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބާއި، އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 16 ވަނަ ދުވައެވެ.

ވޯޓުލާ މީހުންގެ ލިސްޓާއި ބެހޭ ޝަކުވާ ހުށަހެޅުމަށް އެދޭ ފަރާތްތަކުން [email protected] އަށް ޝަކުވާގެ ތަފްސީލާއިއެކު އައިޑީ ކާޑުގެ ކޮޕީއެއް އީމެއިލް ކުރެއްވުމަށް އެޕާޓީން ވަނީ އެދިފައެވެ. އަދި ޝަކުވާ ހުށަހެޅުއްވުމުގެ ސުންގަޑި އަކީ އަންނަ މަހުގެ 10 ވާ (ބުރާސްފަތި) ދުވަހުގެ މެންދުރު 12:00 އާއި ހަމަށް ކަމުގައި އެމްޑީޕީން ވަނީ ބުނެފައެވެ.

އެމްޑީޕީގެ މިފަހަރުގެ އިންތިޚާބުތަކުގެ ތެރެއިން އެންމެ ފޯރިގަދަ ވެފައިވަނީ ޗެއަޕާސަންގެ އިންތިޚާބުގައެވެ. މިއިންތިޚާބުގައި ވާދަކުރަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލާއި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއެވެ.

އެމްޑީޕީގެ އެތެރޭގެ މުހިންމު އިންތިޚާބުތަކެއް އޭޕްރީލް މަހު ބާއްވާއިރު އެޕާޓީގެ ކޮންގްރެސް އޯގަސްޓް މަހުގެ 4ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.