ރަކުލް އާއި ޖެކީ ރާއްޖޭގައި

ރަކުލް އާއި ޖެކީ ރާއްޖޭގައި

Author
ފާތިމަތު ނާވީ
28 ފެބްރުއަރީ 2022 03:00
0

ބޮލީވުޑްގައި މަގުބޫލުކަން ހޯދަމުން އަންނަ އެކްޓެރެސް ރަކުލް ޕްރީތު ސިންގް އާއި ލޯބިވެރިޔާ އެކްޓަރ އަދި ޕްރޮޑިއުސަރ ޖެކީ ބަގްނާނީ ރާއްޖޭގައި ޗުއްޓީހޭދަކުރަމުން އެބަދެއެވެ. އެދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ރަސްމީކޮށް ހާމަކޮށްފައި ވަނީ މިދިޔަ އަހަރު، އިންސްޓަގްރާމް މެދުވެރިކޮށެވެ.

 

View this post on Instagram

 

A post shared by JACKKY BHAGNANI (@jackkybhagnani)

ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ކުރިންވެސް މި ދެމީހުން ވަނީ "މިނީ ވެކޭ" ތަކެއްގައި އެކުގައި ވަގުތު ހޭދަކޮށްފައެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ފޮޓޯތައް އަންނަނީ މި ދެ ތަރިން ވަކިވަކިން އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނާއި ހިއްސާ ކުރަމުންނެވެ.

 

View this post on Instagram

 

A post shared by Rakul Singh (@rakulpreet)

އެމީހުން ޗުއްޓީ ހޭދަކުރަމުން ދަނީ ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާގައެވެ.

 

View this post on Instagram

 

A post shared by JACKKY BHAGNANI (@jackkybhagnani)

ރަކުލް ޕްރީތު ސިންގް އަކީ ބޮލީވުޑްގައި މިހާރު ކުރިއަރަމުންއަންނަ ތަރިއެކެވެ. މީގެއިތުރުން ސައުތު އިންޑިއާގެ ގިނަ ފިލްމުތަކަކުންވެސް އޭނާ ވަނީ ފެނިގެން ގޮސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.