"ގަންގޫބާއި" ކަމުގޮސް، ކަންގަނާ އުނބަށް ޖަހައިފި

"ގަންގޫބާއި" ކަމުގޮސް، ކަންގަނާ އުނބަށް ޖަހައިފި

ބޮލީވުޑްގެ ބިރު ކުޑަ އެކްޓްރެސްގެ 'ތާޖު' ބޮލުގައި އަޅައިގެން އުޅޭ ކަންގަނާ ރަނާވަތު އެންމެ ފަހުން އުނބަށް ޖަހައިފިއެވެ.

ކުޅަދާނަ ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއި ކަތިއަވަޅީ" އަށް އެއްޗެހި ގޮވުމަށް ފަހު ކަންގަނާ އެންމެ ފަހުން ފިލްމު ބަލައި ފިލްމަށް ވަނީ ތައުރީފް ކޮށްފައެވެ. ފެބްރުއަރީ 25 ގައި ފިލްމު ރިލީޒް ކުރާކަން އިއުލާން ކުރުމާއި އެކު ކަންގަނާ ދިޔައީ ސޯޝަލް މީޑިއާގައި ފިލްމާ ބެހޭގޮތުން ތަފާތު ވަހަކަތަށް ދައްކަމުންނެވެ.

އެގޮތުން އެ ފިލްމު ނުހިނގާނެ ކަމަށާއި، ސަބަބަކީ ފިލްމުގައި ފެނިގެންދާ އެކްޓަރުން ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ފިލްމުގެ ލީޑުންފެންނަ އާލިއާއަށް ނިސްބަތްކޮށް މޫވީ މާފިޔާ ކްއީން ކަމަށް ބުނެ ކަންގަނާ ވަނީ ފިލްމަކީ ފްލޮޕް ފިލްމަކަށް ވާނެ ކަމަށް ބުނެފައެވެ.

ފިލްމު ރިލީޒްކުރުމުގެ ކުރިން ކަންގަނާ ބުނީ ހުކުރު ދުވަހު ބޮކްސް އޮފީހުގައި 200 ކްރޯޑް ރުޕީސް އަނދާ އަޅިއަށް ވާނެ ކަމަށާއި، އާލިއާ އަކީ އެކްޓް ކުރަން އެނގޭ މީހެއް ނޫންކަމަށެވެ.

ނަމަވެސް ފިލްމު ބަލާފައި ނުކުމެ ކަންގަނާ ވަނީ ފިލްމަށް ވަރަށް ތައުރީފް ކޮށްފައެވެ. އަދި އޭނާ ވަނީ އާލިއާ ދެއްކި އެކްޓިންގ ވަރަށް ކަމުދާ ކަމަށާއި ފިލްމު ވަރަށް ރީތިކަމަށް ވެސް ބުނެފައެވެ.

"މިފަދަ ހާލަތެއްގައި މޫވީ މާފިއާއަށް މިހާ ރަނގަޅުކަމެއް ކުރެވިދާނެ ކަމަކަށް އުންމީދެއް ނުކުރަން. އެމީހުން ރަނގަޅު މަސައްކަތެއް ކޮށްފިއްޔާ އަހަރެމެން އެ ވާހަކަ ވެސް ދައްކާނަން." ކަންގަނާ ގެ ޕޯސްޓްގައި ބުނެފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *