އަންޝުލާ ވަރަށް ބޮޑަށް ހިކިފައި

އަންޝުލާ ވަރަށް ބޮޑަށް ހިކިފައި

Author
ފާތިމަތު ނާވީ
01 މާރޗް 2022 08:51
0

އެކްޓަރ އަރުޖުން ކަޕޫރުގެ ކޮއްކޮ އަންޝުލާ ކަޕޫރުގެ ބިޔަ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސްފިއެވެ.

އޭނާ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ފޮޓޯ ތަކުން ފެންނަ ގޮތުގައި، އޭނާ ހުރީ ހަށިގަނޑު ވަރަށް ބޮޑަށް ހިއްކާލާފައެވެ.

 

View this post on Instagram

 

A post shared by Anshula Kapoor (@anshulakapoor)


އަންޝުލާއަކީ ކުރިން ވަރަށް ފަލަކޮށް ހުރި ކުއްޖެކެވެ. އެކަމުގެ ސަބަބުން މީޑީއާގެ ފުރައްސާރަވެސް އޭނާއަށް ލިބެއެވެ. ސަބަބަކީ އޭނާގެ ކޮއްކޮ އެކްޓަރެސް ޖާންވީ ކަޕޫރު އަދި ޚުޝީ ކަޕޫރަކީ ވަރަށް ލޫޅާފަތި ދެކުރިންނަށް ވުމެވެ.

 

View this post on Instagram

 

A post shared by Anshula Kapoor (@anshulakapoor)

އަންޝުލާއަކީ ބޯނީ ކަޕޫރުގެ ފުރަތަމަ ކައިވެނިން ލިބުނު ކުއްޖެއެވެ. ބޮނީ ކަޕޫރާއި ކުރީގެ ޓީވީ ޕްރޮޑިއުސަރު މޯނާ ސޫރީ ކައިވެނި ކޮށްގެން އެ ކައިވެނިން އަންޝުލާ އާއި އަރުޖުން ކަޕޫރު ލިބުނު ފަހުން ބޯނީ ވަނީ ޝްރީދޭވީއާ ކައިވެނި ކޮށްފައެވެ. އެގޮތުން ޚުޝީ އާއި ޖާންވީ އަކީ ބޯނީ އާއި ޝްރީދޭވީއަށް ލިބުނު ކުދިންނެވެ.

އުމުރުން މިހާރު 31 އަހަރުގެ އަންޝުލާ އަކީ ފިލްމީ ދާއިރާއަށް އެއްވެސް ޝައުގުވެރިކަމެއް ހުރި ކުއްޖެއް ނޫނެވެ. ބޭބެ އަރުޖުން ފަދައިން އޭނާ އެކްޓިންގ ދާއިރާއަށް ޝައުގެއް ނެތެވެ.

 

View this post on Instagram

 

A post shared by Anshula Kapoor (@anshulakapoor)


އަންޝުލާގެ ފޮޓޯތަށް ފެނި ސަޕޯޓަރުން ތިބީ ހައިރާން ވެފައިއެވެ. އަންޝުލާ ވަނީ ވަރަށް ބޮޑަށް ހިކިފައެވެ.

ފިލްމީ ދާއިރާއަށް ނުކުތުމުގެ ކުރިން އަރުޖުން ކަޕޫރު ވެސް ހުރީ ވަރަށް ފަލަކޮށެވެ. ނަމަވެސް ފަހުން އޭނާވެސް ވަނީ ހަށިގަނޑަށް ވަރަށް ބޮޑު ބަދަލެއް ގެނެސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.