ރެޕް ލަވަކިއުންތެރިޔާ ކާންޔޭ ވެސްޓްގެ ސިއްްހީ މައްސަލަތަކާ ހެދި ނޫޅެވިގެން ކަމަށް ބުނެ ރިއަލިޓީ ޓިވީ ތަރި ކިމް ކާޑޭޝަން ވަނީ އެދެމީހުންގެ 7 އަހަރުވީ ކައިވެނި ނިމުކަށް ގެނެސްފައެވެ.
ކިމް ވަނީ ވަރިވާން ހުށައަޅާފައެވެ. އަދި ދާދިފަހުން އޭނާ ވަނީ އެކްޓަރ ޕީޓާ ޑޭވިޑްސަންއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އިއުލާން ކޮށްފައެވެ.
ކާންޔޭ ކައިރިން ކިމް ވަރިވާން ހުށައެޅި ހިސާބުން ކާންޔޭ އަންނަނީ ސޯޝަލް މީޑިއާގައި ތަފާތު ގޮތްގޮތަށް ކިމް ބަދުނާމުކޮށް، ފުރައްސާރަ ކުރަމުންނެވެ. އެކަމުގެ ސަބަބުން ކިމްގެ މުޅި އާއިލާ އިން ވަނީ ސޯޝަލް މީޑިއާގައި ކާންޔޭ އަންފޮލޯ ކޮށްފައެވެ.
ކާންޔޭގެ އަމަލުތަށް ހުންނަ ގޮތުން އޭނާ އާއެކު ނޫޅެވިގެން ކިމް ވަރިވާން މަސައްކަތް ކުރަމުންދާއިރު، ކާންޔޭ ވަނީ ޕީޓާ އަށްވެސް ސޯޝަލް މީޑިއާގައި ފުރައްސާރަ ކޮށްފައެވެ.
އެގޮތުން ނަސޭހަތް ދިނުމުގެ ގޮތުން ޕީޓާ ފޮނުވި މެސެޖް ތަކެއްގެ ސްކްރީން ޝޮޓް ނެގުމަށް ފަހު ކާންޔޭ ވަނީ ސޯޝަލް މީޑީއާގައި އެ ޕޯސްޓްކޮށް، ޕީޓާއަށް އެއްޗެހި ކިޔާފައެވެ.
އެހެން ކަމުން މިހާރު ޕީޓާ ވަނީ ސޯޝަލް މީޑީއާ ގައި އޭނާ ގެންގުޅޭ އެކައުންޓްތައް ޑީއެކްޓިވޭޓް ކޮށްފައެވެ.