އޭޖީ މަސައްކަތް ކުރެއްވީ ޤިސާސް ހިފުން އުވައި ނުލެވޭނެކަން ހާމަކޮށްދިނުމަށް: ޝަމީމް

އޭޖީ މަސައްކަތް ކުރެއްވީ ޤިސާސް ހިފުން އުވައި ނުލެވޭނެކަން ހާމަކޮށްދިނުމަށް: ޝަމީމް

Author
މުޙައްމަދު ޝަޒައިމް
08 ނޮވެމްބަރ 2020 06:29
0

މަރުގެ އަަދަބާއި ގުޅޭގޮތުން އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު އދ. ގެ ޖެނީވާ އޮފީހުގައި ބޭއްވި އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް ރާއްޖެ އިން ކުރާ މަސައްކަތް މުރާޖައާ ކުރުމަށް ބޭއްވި ބައްދަލުވުމުގައި ދެއްކެވި ވާހަތަކަކީ އެހުކުމް އުވާނުވޭނެކަން ހާމަކޮށް ދިނުމަށް ދެއްކެވި ވާހަތަކެއްކަމަށް ޕީޖީ ޝަމީމް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާން" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ އޭޖީގެ ވާހަތަކުން އެއްވެސް ގޮތަކަށް އެއީ އެހުކުމާއިމެދު ދެކޭ ގޮތް ބެލުމަށް ނުވަތަ ހުކުމް އުވާލުމުގެ ނިޔަތުގައު ދެއްކެވި ވާހަކަތަކެއް ނޫންކަމަށެވެ. އޭޖީ މަސައްކަތް ކުރެއްވީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމަކަށް ވެފައިވާ ރާޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރާނެކަން ހާމަކޮށް ދިނުމަށްކަމަށެވެ. އަދި އޭޖީއަށް އާންމުންގެ ޚިޔާލަށް މިކަމުގައި ދާންޖެހޭކަމަށް ވިދާޅުވެވުނީ ޤާނޫނު އަސާސީ އަށް ބަދަލެއް ގެންނަނަމަ އެކަން ކުރާނީ ރައްޔިތުންގެ ޚިޔާލާއިއެކުކަމަށް ބުނެފައި އޮތުމުންކަމަށެވެ.

ޕީޖީ ވިދާޅުވީ މަރުގެ ހުކުމަކީ ރާޢްޖޭގައި ތަންފީޒު ކުރަންޖެހޭ ހުކުމެއް ކަމަށާއި، އެއްވެސް ހާލެއްގައި އެހުކުމް ތަންފީޒު ނުކުރަން އުޒުރެއް ނުދެއްކޭނެކަމަށެވެ. ނަމަވެސް މިކަން ކުރުމަށްޓަކައި ރާއްޖޭގެ ޝަރުއީ ދާއިރާ މިހާރު އޮތް ހާލަތުން އިތުރަށް ރަނގަޅުކޮށް، އަދިވެސް މުހިންމު ބަދަލުތަކެއް ގެންނަންޖެހޭކަމަށެވެ. ޚާއްސަކޮށް މިފަދަ ހުކުމްތަކުގައު އެއްވެސް ޚިލާފެއް ނުއުފެދޭ މިންވަރަށް ހުކުމްކުރެވޭ ތަނަކަށް ފަނޑިޔާރުގެ ވާންޖެހޭކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

މަރުގެ އަދަދުބު އުވާނުލެވޭނެ، ބަންޑާރަ ނައިބް އޭގައި މާނަކުރެއްވީ ރައްޔިތުންގެ ޚިޔާލް ހޯދާކަށެއްނޫން. މަރުގެ އަދަބަކީ ރާއްޖޭގައި ދޭންޖެހޭ އަދަބެއް. އެކަމުގެ އެކަން ކުރަން އަދުލު އިންސާފު ހަރުދަނާވެ، ނިޒާމު ރަނގަޅު ގޮތުގައި ހިނގަންޖެހޭ.

– ހުސެއިން ޝަމީމް

އދ. ގެ ޖެނީވާ އޮފީހުގައި ބޭއްވި އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް ރާއްޖެ އިން ކުރާ މަސައްކަތް މުރާޖައާ ކުރުމަށް ބޭއްވި ބައްދަލުވުމުގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވިދާޅުވީ ރާއްޖޭގެ ގާނޫނުލްއުގޫބާތުން މަރުގެ އަަދަބު މުޅިން އުވައިލެވޭނީ ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ އިތުރުން އާންމުންގެ ޚިޔާލު ވެސް އެކަމަށް ހޯދައިގެން ކަމަށެވެ.

އޭޖީ ވިދާޅުވީ ގާނޫނުތަކަށް ބަދަލު ނުގެނެސް އެކަން ނުކުރެވޭނެ ކަމަށާއި މަރުގެ އަދަބު އުވައިނުލި ނަމަވެސް އެ އަދަބު ތަންފީޒު ކުރުން ހުއްޓާލާފައި އޮތް އޮތުން ރާއްޖެ އިން ދަމަހައްޓާނެ ކަމަށެވެ. އަދި މަރުގެ އަދަބު ނައްތައިލަން ކުރާ މަސައްކަތްތައް ކުރަން ޖެހޭނީ ރާއްޖޭގެ ގާނޫނު އަސާސީ ހުއްދަކުރާ ގޮތަށް ކަމަށް ބަންޑާރަ ނައިބު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.