ކުރީގެ ވަޒީރު، އަދި ރާއްޖޭގެ ޚާރިއްޔާގައި ގިނަ ދުވަހު ދައުލަތަށް ޚިދުމަތް ޚިދުމަތް ކުރެއްވި އިތުތިޝާމް އާދަމް ޕީއެޗްޑީ ހާސިލް ކުރައްވައިފިއެވެ.
އިރުތިޝާމް ޕީއެޗްޑީ ހާސިލް ކުރެއްވުމާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ދަނީ މަރުހަބާކިޔަމުންނެވެ. އިތުރިޝާމް އަކީ ރާއްޖޭގެ ޚާރިޖިއްޔާއަށް 25 އަހަރު ޚިދުމަތް ކުރެއްވި ޑޮޕްލެމެޓެކެވެ. ކުރީގެ ރައީސް މައުމޫނާއި، ރައީސް ނަޝީދާއި، ރައީސް ވަހީދުގެ ވެރިކަމުގައިވެސް އިރުތިޝާމް އާދަމް ވަނީ ޚާރިޖީ ދާއިރާގައި މުހިއްމު މަޤާމުތަކެއް ފުރުއްވާފައެވެ. އޭގެ ތެރޭގެ އެމްބެސަޑަރު ކަމާއި، ޑެޕިއުޓީ އެމްބެސެޑަރގެ މަޤާމުގެ އިތުރުން ޚާރިޖީ ދާއިރާގެ އިތުރު މަޤާމުތައް ހިމެނެއެވެ.

އެކަމަނާ ވަނި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް ކަމުގެ މަޤާމާއި، ހެލްތު މިނިސްޓަރުކަންވެސް ކުރެއްވި އިރުތިޝާމް ވެސް ފުރުއްވާފައެވެ. ސިޔާސީ މަޤާމުތަކެއްގައި މަސައްކަތް ކުރެއްވި ނަމަވެސް އިރުތިޝާމްއަކީ ސިޔާސީ ކަންކަމުގައި މާބޮޑަށް އުޅުއްވާތަން ފެންނަ ބޭފުޅެއް ނޫނެވެ.

ޕީއެޗްޑީ ހާސިލް ކުރެއްވުކީ، އިރުތިޝާމްގެ މަންމާފުޅުގެ ވަރަށް ބޮޑު އުންމީދެކެވެ. އިރުތިޝާމްގެ މަންމާފުޅާއި، ކޮއްކޯފުޅު ނިޔާވީ މާލޭގެ ގޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގެ މީގެ އަހަރުތަކެއް ކުރިންނެވެ.
ކޮމެންޓު ފޮނުވާ