ކުރެންދޫ ކައުންސިލް ރައީސް، އިންތިޚާބުގެ ނަންބަރު ތަރުތީބުކޮށްފި

ކުރެންދޫ ކައުންސިލް ރައީސް، އިންތިޚާބުގެ ނަންބަރު ތަރުތީބުކޮށްފި

Author
މުޙައްމަދު ޝަޒައިމް
26 ފެބްރުއަރީ 2022 04:03
0

އަންނަ މަހުގެ ބޭއްވުމަށް ހަމަޖެހިފައިވާ ކުރަންދޫ ކައުންސިލް ރައީސް ކަނޑައެޅުމަށް ބާއްވާ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަންބަރު ތަރުތީބު ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބީ މަރުކަޒުގައި އޮތް މިބައްދަލުވުމުގައި ކޮމިޝަންގެ ރައީސް ފުއާދު ތައުފީގްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކެނޑިޑޭޓުންގެ ނަންބަރު ތަރުތީބު ކުރެވިފައިވާގޮތް:
1. ޢަލީ ނަސީމް / އެމްޑީޕީ
2. އިސްމާއިލް މަދީހު / ޕީޕީއެމް

ޅ.ކުރެންދޫ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް އިންތިޚާބެއް ބާއްވަނީ ކައުންސިލްގެ ރަައީސްގެ މަގާމުގައި ހުންނެވި އިބްރާހިމް ޝިމާއު މިދިޔަ މަހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އޭނާއަކީވެސް އެމްޑީޕީއަށް ނިސްބަތްވާ މީހެކެވެ.

މިއިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 26 ވަނަ ދުވަހުއެވެ. މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރުމަށް ހަމަޖެހިފައި ވަނީ މާޗު މަހުގެ 28 ވަނަ ދުވަހުގައެވެ.

މިހާތަނަށް ބޭއްވުނު އިންތިޚާބުތަކުގެ ނަތީޖާއަށް ބަލާއިރު، އެމްޑީޕީން ދެ ފަހަރު އަދި ޕީޕީއެމުން ދެ ފަހަރު ކުރެންދޫ ކައުންސިލްގެ މެޖޯރިޓީ ނަގާފައިވެއެވެ. މިދިޔަ އަހަރު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކުރެންދޫ ކައުންސިލްގެ ފަސް ގޮނޑި ވެސް ކާމިޔާބު ކުރެއްވީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.