ޔުއޭފާ ޔޫރޮޕާ ލީގުގެ ރައުންޑް އޮފް ސިކްސްޓީންގެ ގުރުއަތުލުން ބާއްވައިފި.
މި ގުރުއަތުލުން ބާއްވާފައިވަނީ ސްވިޓްޒަލަންޑްގެ ނިއޯންގައި ހުންނަ ޔުއޭފާގެ މައިމަރުކަޒުގަ. ރޭ ބޭއްވި މި ގުރުއަތުލުމުގައި ސްކޮޓްލަންޑްގެ ރޭންޖަރސް އެފްސީ ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ސަރބިއާގެ އެފްކޭ ކުރްވެނާ ޒްވެޒްޑާއާއެވެ.
ޕޯޗުގަލްގެ އެސްސީ ބްރާގާ ފަރަންސޭސިވިލާތުގެ އޭއެސް މޮނާކޯ އެފްސީ އާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު ޕޯޗުގަލްގެ އެފްސީ ޕޯޓޯ ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ފަރަންސޭސިވިލާތުގެ އޮލިމްޕިކް ލިއޯން އާއެވެ. އިޓަލީވިލާތުގެ އަޓަލާންޓާ ބީއެސް ޖަރުމަނުވިލާތުގެ ބަޔަރ ލެވެކޫސެން އާއި ބައްދަލުކުރާއިރު ސްޕެއިންގެ ސެވިއްޔާ އެފްސީ ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އިންގްލަންޑްގެ ވެސްޓް ހޭމް ޔުނައިޓެޑާއެވެ.

ސްޕެއިންގެ އެފްސީ ބާސެލޯނާ ތުރުކީވިލާތުގެ ގަލަތަސަރާއި އޭއެސް އާއި ބައްދަލުކުރާއިރު ޖަރުމަނުވިލާތުގެ އާރްބީ ލިޕްޒިގް ބައްދަލުކުރުމަށް ދިމާވީ ރަޝިޔާގެ އެފްސީ ސްޕާޓަކް މޮސްކޯއާއެވެ. އަދި ސްޕެެއިންގެ ރެއާލް ބެޓިސް ބަލޮމްޕީ ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ޖަރުމަނުވިލާތުގެ އެއިންޓްރެކްޓް ފްރެންކްފަރޓްއާއެވެ.
މިބުރުގެ ފުރަތަމަ ލެގްގެ މެޗްތަށް ކުޅުމަށް ހަމަޖެހިފައިވަނީ މާރޗް މަހުގެ 9 އަދި 10 ވަނަ ދުވަހުއެެވެ. އަދި ދެވަނަ ލެގްގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މާރޗް މަހުގެ 17 ވަނަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ