ޖެނިފާ ލޯރެންސް ވިހައިފި

ޖެނިފާ ލޯރެންސް ވިހައިފި

Author
ފާތިމަތު ނާވީ
26 ފެބްރުއަރީ 2022 05:24
0

ހޮލީވުޑް ބަތަލާ ޖެނިފާ ލޯރެންސް އާއި އޭނާގެ ފިރިމީހާ ކޫކް މޮރޯނީ އަށް ދަރިއަކު ލިބިއްޖެއެވެ.

ޖެނިފާ އޭނާ ގެ އަލަތު ދަރިފުޅަށް ބަނޑުބޮޑު ކަން ހާމަކޮށްފައިވަނީ މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައިއެވެ.

ޓީއެމްޒީ އާއި ހަވާލާދީ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖެނިފާ ވަހައިފައިވަނީ ލޮސްއެން ޖަލިސްގެ ހޮސްޕިޓަލެއްގައެވެ. ނަމަވެސް އޭނާ ވިހެއި ސީދާ ތާރީހެއް އަދި ލިބުނީ ކޮން ޖިންސްއެއްގެ ކުއްޖެއް ކަމެއް ނޭގޭ ކަމަށް ރިޕޯޓްތައް ވަނީ ބުނެފައެވެ.

މީގެ ކުރިން ދިން އިންޓަވިއު ތަކުގައި ޖެނިފާ ބުނެފައިވާ ގޮތުގައި އޭނާއަށް ވީ ވަރަކުން، ދަރިފުޅުގެ ޕްރައިވެސީ އަކީ އެންމެ އިސްކަން ދޭނެ އެއް ކަން ކަމަށެވެ.

31 އަހަރުގެ ޖެނިފާއާއި 37 އަހަރުގެ ކުކް ކައިވެނި ކުރީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އަހަރެއްހާ ދުވަސް ފަހުން 2019 ވަނަ އަހަރު ބޭއްވި ވަރަށް ކުލަގަދަ ހަފްލާއެއްގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.