"ސެލްފީ"ގެ އަންހެން ތަރި އަކަށް ނުޝްރަތު

"ސެލްފީ"ގެ އަންހެން ތަރި އަކަށް ނުޝްރަތު

Author
ފާތިމަތު ނާވީ
27 ފެބްރުއަރީ 2022 10:04
0

އަކްޝޭ ކުމާރާއި އިމްރާން ހާޝިމީގެ ފިލްމް "ސެލްފީ"ގެ އަންހެން ބަތަލާ އަކީ ކާކުކަން އިއުލާން ކޮށްފިއެވެ.

މި ފިލްމް ގެ ބަތަލާގެ ރޯލުން ފެނިގެން ދާނީ ދާދިފަހުން އަކްޝޭ ޝޫޓިންގ މަސައްކަތް ނިންމާލި " ރާމް ސެތޫ"ގެ އެއް ބަތަލާ ނުޝްރަތު ބަރޫޗާއެވެ. މިއީ ނުޝްރަތާއި އަކްޝޭ އެކުގައި ފެނިގެންދާނެ ދެވަނަ ފިލްމެވެ.
މި ފިލްމަކީ 2019 ވަނަ އަހަރު ރިލީޒްކުރި މަލަޔާޅަމް ފިލްމު ”ޑްރައިވިންގ ލައިސަންސް“ގެ ރިމޭކެކެވެ. އެ ފިލްމުގެ ލީޑުން ފެނިގެންދިއައީ ޕްރިތުވީރާޖް ސުކްމަރަން އާއި ސޫރަޖް ވެންޖަރަމޫޅް އެވެ.

ނުޝްރަތާއި އަކްޝޭ އެކުގައި ފެނިގެންދާ ފިލްމު "ރާމް ސެތޫ" ރިލީޒް ކުރާދުވަހެއް އަދި އިއުލާން ކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.