ފިހާރަތައް ރޭގަނޑު 11 ޖަހަންދެން ހުޅުވާފައި ބެހެއްޓޭ ގޮތަށް ހަމަޖައްސައިފި

ފިހާރަތައް ރޭގަނޑު 11 ޖަހަންދެން ހުޅުވާފައި ބެހެއްޓޭ ގޮތަށް ހަމަޖައްސައިފި

Author
މުޙައްމަދު ޝަޒައިމް
08 ނޮވެމްބަރ 2020 01:32
0

ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާގުޅިގެން، މިއަދުން ފެށިގެން ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5:00 އން ރޭގަނޑު 11:00 ކަމުގައި ހަމަޖައްސައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ފިހާރަތަކުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުކުރަން ވާނެކަމަށެވެ.

މާލޭ ސަރަޙައްދުގައި ރޭގަނޑު 12 ޖަހަންދެން ބޭރުގައި އުޅެވޭނެހެން ކާފިއު ގަޑިތަކަށް ބަދަލުތަކެއް ގެނެސް އިތުރު ލުއިތަކެއް ދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، ރޭވަނީ  ނިންމާފައެވެ.

އެޗް.ޕީ.އޭއިން އާއްމުކޮށްފައިވާ އެންގުމުގައި ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ގެނެސްފައިވާ ބަދަލުތައް ވަނީ ހާމަކުރައްވާފައެވެ. އެގޮތުން މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 04:00 ޖެހުމާއި ހަމައަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނުކުތުން ވަނީ މަނާކޮށްފައެވެ. އަދި މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި އެއްވެސް ވަގުތެއްގައި އެއްހަފަރާ 15 މީހުންނަށްވުރެ ގިނަ މީހުން މަގުމަތީގައި އެއްވެއުޅުން ހުއްޓާލުމާއި، މާލެ، ވިލިމާލެ އަދި ހުޅުމާލެއިން ރާއްޖޭގެ އެހެނިހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނުކުރުން ހިމެނެއެވެ.

މީގެ އިތުރުން ރާއްޖޭގެ އެތެރޭގައި ވައިގެ މަގުންނާއި، ކަނޑުމަގުން ދަތުރުކުރާ ފަރާތްތައް އެޗް.ޕީ.އޭގެ ގައިޑްލައިނާއި އެއްގޮތަށް ޢަމަލުކުރުމަށާއި، ހުރިހާ ވަގުތެއްގައިވެސް މާސްކް އެޅުމަށް އަންގާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.