މުސްކާނަކީ ކާކުކަން އެނގުނީ އެތައް ދުވަހެއް ފަހުން: މާދުރީ

މުސްކާނަކީ ކާކުކަން އެނގުނީ އެތައް ދުވަހެއް ފަހުން: މާދުރީ

މާދުރީ ޑިކްސިޓްގެ ފުރަތަމަ ވެބް ސީރީޒް "ދަ ފޭމް ގޭމް" ގައި އޭނާގެ ދަރިފުޅެއްގެ ރޯލުން ފެނިގެންދާ މުސްކާން ޖެފްރީ އަކީ ކާކުކަން އެނގުނީ މާ ފަހުން ކަމަށް މާދުރީ ބުނެފިއެވެ.

އޭނާ ބުނެފައިވާ ގޮތުގައި އެތައް ދުވަހަކު ޝޫޓިންގައި އެކުގައި މަސައްކަތްކޮށް، ވަގުތު ހޭދަކުރިއިރު ވެސް މުސްކާން އޭނާގެ ބައްޕަ އާއި ބޭބެމެންގެ ވާހަކަ ނުދައްކާކަމަށާއި، އަދި އެކަން އެނގުމުން އޭނާ ވަރަށް ހައިރާންވި ކަމަށެވެ.

މުސްކާނަކީ ފިލްމީ އާއިލާ އަކަށް ނިސްބަތްވާ ކުއްޖެކެވެ. މުސްކާންގެ ބައްޕަ އަކީ ކޮމޭޑިއަން ޖަގްދީޕްއެވެ. އަދި ޖާވިދް ޖެފްރީ އަކީ އޭނާގެ އެއްބަފާ ބޭބެއެވެ.

ޖަގްދީޕް 3 ކައިވެންޏެއް ކުރިއެވެ. އެގޮތުން އެންމެ ފުރަތަމަ އޭނާ ކައިވެނި ކުރީ ނަސީމް ބޭގަމް ކިޔާ މީހަކާއެވެ. އަދި 1960 ވަނަ އަހަރު ސުގްރާ ބޭގަމާއި ކައިވެނި ކުރިއެވެ. އެކައިވެނިން އޭނާއަށް ނާވިދް އަދި ޖާވިދް ޖެފްރީ ލިބުނެވެ. އެއަށްފަހު އޭނާ ކައިވެނި ކުރީ ނާޒިމާއާއެވެ. މުސްކާން ޖެފްރީއަކީ ނާޒިމާއާ ކައިވެނި ކޮށްގެން ލިބުނު ދަރިއެކެވެ. ޖަގްދީޕް ގެ ޖުމަލަ 6 ކުދިން ތިބެއެވެ.

މީގެ 30 ވަރަކަށް އަހަރު ކުރިން މާދުރީ ވަނީ ޖާވިދް ޖެފްރީ އާއެކުގައި ފިލްމެއް ކުޅެފައެވެ. އޭގެފަހުން އެމީހުންގެ މެދުގައި ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށްވެއެވެ.

 

View this post on Instagram

 

A post shared by Muskkaan جعفری (@muskkaanjaferi)

ނަމަވެސް މުސްކާން އޭނާގެ ފިލްމީ އާއިލާ މީހުންގެ ވާހަކަ ދައްކައިގެން އެމީހުންގެ ފަރާތުން މަޝްހޫރު ކަން ހޯދާކަށް ބޭނުމެއް ނުވެއެވެ. އޭނާ ބޭނުން ވަނީ އަމިއްލަ މަސައްކަތުން ކުރި އަރާށެވެ.

ނެޓްފްލިކްސްއިން މިއަދު ރިލީޒްކުރާ "ދަ ފޭމް ގޭމް"ގެ މުހިންމު ރޯލުތަކުން ކުރީގެ އެކްޓަރު ސަންޖޭ ކަޕޫރުއާއި މާނަވް ކޯލް، ސުހާސިނީ މުލޭ ފަދަ އެކްޓަރުން ފެނިގެން ދާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *